ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު "ސަނީ" ގެ ރޯލުން ފެނިގެންދާ ކާމިޔާބު ވެބް ސީރީޒް "ފަރުޒީ" ގެ ދެވަނަ ސީޒަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މި ސީރީޒްގެ ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބާ އެކު، އާ ސީޒަނަކަށް ފޭނުން ކުރަމުންދިޔަ އިންތިޒާރަށް މިވަނީ ނިމުމެއް އައިސްފައެވެ.
ރާޖް ނިޑިމޯރޫ އާއި ކްރިޝްނާ ޑީކޭ (ރާޖް އެންޑް ޑީކޭ) އުފައްދާފައިވާ މި ޝޯގެ ވާހަކަ ބިނާވެފައިވަނީ ވަގު ފައިސާ އާއި ކުށުގެ ނުރައްކާތެރި ދުނިޔެއެއްގެ މައްޗަށެވެ. ދެވަނަ ސީޒަނުގައި ފެނިގެންދާނީ ސަނީގެ ކުރިއަރަމުން އަންނަ ކުށުގެ އެމްޕަޔަރާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އޭނާ ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. މި ސީޒަނުގައި ކުރިއަށްވުރެ ބޮޑަށް ކުރިމަތިލުންތަކާއި ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެއެވެ.
މި ސީރީޒްގެ އެންމެ މުހިންމު އެއް ބަޔަކީ ސަނީ އާއި ވިޖޭ ސެތޫޕަތީ ކުޅޭ ފުލުސް އޮފިސަރުގެ ކެރެކްޓާއާ ދެމެދު ހިނގާ ކުރިމަތިލުންތަކެވެ. ދެވަނަ ސީޒަނުގައި ވެސް މި "ފޭސް އޮފް" އަކީ ސީރީޒްގެ އެންމެ ހާއްސަ ހައިލައިޓަށް ވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރާޝީ ޚަނާ އާއި ކޭ ކޭ މެނަން ފަދަ ފުރަތަމަ ސީޒަނުގެ މުހިންމު ތަރިން ވެސް މި ސީޒަނުން ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
"ފަރުޒީ 2" ގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
މި އިއުލާނާ އެކު ފޭނުން ތިބީ ފަރުޒީގެ އާ އެކްޝަން ސީންތަކަށް ކެތްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު