މޯލްޑިވްސް ޕޯޓްސް ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިގްތިސާދު ހިފަހައްޓައިދޭ މައިބަދައިގެ އިތުރުން، ރާއްޖޭގެ ހުރިހާ އިމްޕޯޓެއްްގެ ބެލުންތެރިކަން ޙަވާލުކޮށްފައިވާ ކުންފުންޏެވެ. ރާއްޖެ އަށް އެތެރެ ކުރެވޭ ކާބޯތަކެއްޗާއި ތެލުން ފެށިގެން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ހަމައަށް އެތެރެ ކުރެވެނީ މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ ބަނދަރުންނެވެ. އަދި މިތަނުގެ އޮޕަރޭޝަންތައް ގުޅިފައި ވަނީ ސީދާ ވިޔަފާރިތަކަށާއި އާންމު ދިރިއުޅުމަށެއެވެ. ޙަގީގަތުގައި އެމްޕީއެލް އަކީ ހަމައެކަނި ދައުލަތުގެ ކުންފުންޏެއް ނޫނެވެ. އެއީ މުހިންމު ގައުމީ މުއައްސަސާއެކެވެ. ކޮރަޕްޝަންގެ ތުހުމަތުތަކާއި، ނާޤާބިލްކަމާއި، ލީޑަޝިޕްގެ ކޮލިޓީ ނެތުމުގެ އަސަރު މުޅި ޤައުމުގެ އިޤްތިޞާދަށް ކުރެއެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި އެމްޕީއެލް އާ ގުޅިގެން ތަކުރާރުކޮށް އިވިފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާއި، ހިންގުމުގެ ބަލިކަށިކަމާއި، ސުވާލު އުފެދޭ ނިންމުންތަށް ނިންމާކަމުގެ އަޑެވެ. މި ކަންބޮޑުވުންތަކަކީ އެންމެ ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ކަންބޮޑުވުންތަކެއް ނޫނެވެ. އެތައް މިލިއަން ރުފިޔާއެއް ހިމެނޭ ގޮތަށް ތެލުން ވައްކަން ކުރުމާއި، ހަލާކުވެފައިވާ އެސެޓްތައް ގަތުން ފަދަ ޕްރޮކިއުމަންޓް ގަވާއިދާ ހިލާފު ކަންތައްތަކާއި، ބަނދަރު އޮޕަރޭޝަންތަކާ ގުޅުން ހުރި މިލިއަން ރުފިޔާގެ ވައްކަންތަކާއި، ޢާއްމު ފަރުދުންނާއި، ކުންފުނީގެ މުވައްޒަފުން ގުޅިގެން ހިންގާފައިވާ މަކަރާއި ހީލަތާ ގުޅުން ހުރި މައްސަލަތައް ނޫސްތަކުގެ ފަލަސުރުޚީތަކަށް އަރާފައިވެއެވެ. މިކަމުގެ ސަބަބުން އެމްޕީއެލްއަކީ ރާއްޖޭގައި އެންމެ ކޮރަޕްޝަން ގިނަ އެއް މުއައްސަސާކަމުގެ ތަސައްވުރެއް ވަނީ އުފެދިފައެވެ.
ނަމަވެސް ބޮޑު ކަންބޮޑުވުމަކީ މި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ކުންފުނީގެ ހިންގުމުގެ ނިޒާމުން ބޭރުން އާންމުކޮށް ފަޅާއަރުވައިލުމުން ތަހުގީގު ކުރުމުގެ ނަމުގައި ހޭވުންތަކެއް ހޭވުންމަށްފަހު އޮއްބާލަމުން ދިއުމެވެ. އަދި ސާފު ޖަވާބުތައް ނުލިބި ނޫނީ އަޅާނުލައި ކުރިޔަށް ނުކަނޑާ އޮތުމެވެ. މިހެންމިކަން މެދުވެރިވަނީ، ކުންފުނީގެ ބާރުފޯރާ ކޮންމެވެސް ފަރާތެއްގެ ބާރުވެރިކަމުގައި މިފަދަ ނޭއްގާނީ ޢަމަލުތައް ހިންގާތީ ކަމަށް ޢާއްމުން ތުހުމަތު ކުރެއެވެ. ޢާއްމުންގެ ބަހުންނަމަ "އެކޮޅުން ވަލަށް ވާންކޮށްލުމުން މިކޮޅުން ކަރުގަ އެޅިފަ އޮތް ދަންމަޅި ބަރުވަނީ" އެވެ.
އެމްޕީއެލްގެ ވެރިންނަށް ކޮށްލަން ބޭނުންވަނީ ދެތިން ސުވާލެކެވެ. ކުންފުންޏާ ގުޅުންހުރި ޚިޔާނާތާއި ވައްކަމުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ފުރިހަމައަށް ހޯދިއްޖެ ހެއްޔެވެ؟ އެކަމުގައި ޒިންމާދާރު ވާންޖެހޭ މީހުން ޖަވާބުދާރީ ކުރުވިއްޖެ ހެއްޔެވެ؟ ވަގު ޑީލް ހެދިކަމަށް ތުހުމަތުވާ ތެލުގެ މައްސަލަ ކޮބާ ހެއްޔެވެ؟ ނޫނީ މިފަދަ މައްސަލަތައް ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް މަޑުމަޑުން އާންމުންގެ ސަމާލުކަމުން ފަނޑުވެގެން ދިޔައީ ކަމަށް ޤަބޫލު ކުރަށްވަނީ ހެއްޔެވެ؟ އަދި ކުންފުނީގެ މަތިފަޑިން އެގޮތަށް ދެކެލައްވާތީ އަނެއްކާވެސް ކުންފުނީގެ ހިންގުމުގެ ދެފުށް ނުފެނި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެންތިބެ ކުންފުންޏާމެދު ނުރަނގަޅު ތަސައްވަރެއް އުފެއްދުމަށް މަގުފަހިވާ ގޮތަށް މިސްރާބު ފަހި ކުރަށްވަނީ ހެއްޔެވެ؟
ކޮންމެއަކަސް އެމްޕީއެލްގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެއްޖެއެވެ. ކޮރަޕްޝަނުގެ ކިސަޑު ގަނޑުގެ ތެރެއަށް އެކުންފުނިވެސް ދަމައިގަނެ ގަނބަން ފަށައިފިކަމުގެ އަޑުތައް ގަދަވެއްޖެއެވެ. ފާޑުކިޔުންތެރިންނާއި، ކުންފުނީގައި ގިނަ ދުވަސްތަކެއްވީ މުވައްޒަފުން ބުނަމުން ދަނީ ދައުލަތުގެ މި ކުންފުނިންވެސް އިންތިޚާބުގެ ދުވަސްވަރު ކުންފުނީގެ އޮނިގަނޑުގެ ބޭރުން ވަޒީފާތަކަށް މީހުން ނެގުން ފުޅާކޮށް، އޮޕަރޭޝަނަލީ ކޮންމެހެން އުފައްދަން ނުޖެހޭ މަތީފަޑީގެ ވަޒީފާތައްވެސް އުފައްދަމުންދާ ކަމަށެވެ.
އެފަދަ މީހުން ބުނާ ގޮތުގައި، މިފަދަ ޢަމަލުތަކުގެ ސަބަބުން މަސައްކަތެއްނެތި ހަމައެކަނި މުސާރަނަގާ މުވައްޒަފުން ގިނަވެ، ކުންފުނީގެ ހަރަދު ބޮޑުވެ، ވަޒީފާގެ މާހައުލުގެ އުފެއްދުންތެރިކަން ދަށްވެ، ކުންފުންޏަށް އިތުރު ބުރައެއް ވަނީ ކުރިމަތިވެފައެވެ. މީގެ މާނަ އަކީ ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ ކެމްޕޭން ވައުދުތައް ފުއްދުމަށްޓަކައި އޮއްސާލާ ސިޔާސީ ބޭކާރު ވަޒިފާތަކުގެ އައްޑާ އަކަށް އެމްޕީއެލްވެސް ވަމުންދާ ކަމެވެ.
ހަމައެއާއެކު ކުންފުނީގެ ހިންގުން ފެއިލްވުމުގެ ސަބަބުން ޢާއްމުންނަށްވެސް ބޮޑެތި ތަކްލީފްތަކެއް އުފުލަން މިވަނީ ޖެހިފައެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ރަމަޟާން މަހުގެ ވިޔަފާރީގެ މުހިންމު މުއްދަތުގައި ކާގޯ ކްލިއަރެންސް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފައެވެ. ޕީކް ސީޒަނަލް ޑިމާންޑަށް ހާއްސަކޮށްގެން އެތެރެކުރި މުދާތައް ބަނދަރުގައި ގިނަ ދުވަސްތަކެއް ނުވަތަ ހަފްތާތަކެއް ވަންދެން ކްލިއަރ ނުކުރެވި ހިފަހައްޓާފައިވެއެވެ. އެހެންކަމުން ރަމަޟާންމަހަށްފަހު އެފަދަ މުދާ ދޫކުރާއިރު، އެތަކެތީގެ އަގު ވަރަށް ބޮޑަށް ދަށްވެ، ވިޔަފާރިވެރިންނަށް ގެއްލުމުގައި އެމުދާތައް މާކެޓަށް ދޫކޮށްލަން ޖެހޭނެއެވެ. މުދަލުގެ ޙަގީގީ އަގަށްވުރެ 50 އިންސައްތައާއި 70 އިންސައްތަ ދަށް އަގަކަށް މުދާތައް ވިއްކަން މަޖުބޫރުވާނެއެވެ. މިކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކުން ދުރާލާ ޕްލޭންކޮށްފައިވާ ސާފު ފައިދާ ސީދާ ގެއްލުމަކަށް ބަދަލުވެގެން ދާނެއެވެ.
ވިޔަފާރިވެރިންގެ ސީރިއަސް ސުވާލަކީ ބަނދަރުގައި މުދާ ތާށިވެ، ލިބެމުންދާ މާލީ ގެއްލުމުގެ ޒިންމާ ނަގަނީ ކާކު ހެއްޔެވެ؟ އަދި ވިޔަފާރި އާއިލާގެ ގިނަ ބައެއްގެ އަމަލީ ސުވާލެއް ވެސް އެބައޮތެވެ. ހުޅުމާލޭގައި މިހާރުވެސް ކުންފުނީގެ ބޮޑެތި ޖާގައާއި އިންފްރާސްޓްރަކްޗަރ ހުރިއިރު، ބަނދަރު ފުޅާކުރުމަށް ނުވަތަ ލޮޖިސްޓިކްސް އޮޕަރޭޝަންތަކަށް އެހީތެރިވެދެވޭނެ ސަރަހައްދުތައްވެސް އެބަހުއްޓެވެ. އަދި އިތުރަށް ބަނދަރު ތަރައްގީ ކުރުމަށް ޖާގަވެސް އެބައޮތެވެ. އެހެންކަމުން ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ކާގޯ ކްލިއަރެންސް އަވަސް ކުރުމަށްޓަކައި އެތަނުގެ ބޭނުން ރަނގަޅަށް ނުކުރެވެނީ ކީއްވެގެންތޯ ބައެއް ވިޔަފާރިވެރިން ސުވާލު އުފައްދައެވެ. އަދި ފުޅާކޮށްފައިވާ ހެންޑްލިންގ އޭރިއާތައް ހުރިނަމަ، މިހާރުވެސް މައި ބަނދަރުގައި މުދާ މިހާ ދިގު މުއްދަތަކަށް ލަސްވަނީ ކީއްވެގެން ކަމާމެދު ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.
މިފަދަ މައްސަލަތައް މިގޮތަށް ހުރުމުން ކުންފުނީގެ ލީޑަޝިޕަށް ވިޔަފާރިވެރިންގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. ކުންފުނީގެ މަތިފަޑިން ތަކުރާރުކޮށް ކުރާ ނާކާޤާބިލް ކަންތައްތަކަށް އާންމުންގެ ހިތްހަމަނުޖެހުން އިންތިހާއަށް އެބައޮތެވެ. ކުންފުނީގެ ވެރިންނަށް ކުންފުނި ނުހިންގޭ ކަމުގެ ފުން ނަޒަރިއްޔާތެއް ވިޔަފާރިވެރިންގެ މެދުގައި ވަނީ އުފެދިފައެވެ. އެމްޕީއެލް ފަދަ މުއައްސަސާއެއް ހިންގުމަށް ބޭނުންވަނީ ތަޖުރިބާއާއި، އޮޕަރޭޝަނަލް ވިސްނުމެއްގެ ވަރުގަދަ ލީޑަރޝިޕެކެވެ. ކުންފުނީގެ ޕާފޯމަންސް ދަށްވަމުންދާއިރު، ފާޑުކިޔުންތެރިން ބުނަނީ އެއީ ކުންފުނީގެ މަތިފަޑީގެ ގާބިލްކަން ނެތުމުން ދިމާވާ ކަމެއް ކަމަށެވެ.
އެމްޕީއެލްގެ ހިންގުމުގެ ނާޤާބިލްކަމުގެ ސަބަބުން ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ވެރިކަމުގައި އެކުންފުނި ހިންގުމަށް އައްޔަނު ކޮށްފައިވާ "ޕަޕެޓް" ވެރިންގެ ޤާބިލިއްޔަތާމެދު ވިޔަފާރިވެރިން ދަނީ ސުވާލު އުފައްދަމުންނެވެ. މިސަރުކާރުން ކުންފުނިތަކުގެ ހިންގުމުގެ އެންމެ އިސް މަގާމަށް މިލިޓަރީ ބެކްގްރައުންޑްގެ ނުވަތަ ޕޮލިސިން ބެކްގްރައުންޑްގެ "ޔެސް ސަރ" ކޮމާންޑަށް ހޭނިފައިތިބޭ ބަޔަކު އައްޔަނު ކުރުމުގެ މަޤްސަދު ސާފުނުވުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. "ސަރ، ޔެސް ސަރ" ކޮމާންޑަށް ޢަމަލުކުރާ "ރިޓަޔަރޑް" ޓައިޓަލް އަކީ މީހާގެ ގާބިލްކަމުގެ މިންގަނޑެއްގެ ގޮތުގައި މިސަރުކާރުން ދެކޭ ސަބަބުވަނީ ނޭންގުމެއްގެ ތެރޭގައެވެ. ނަމަވެސް ހަގީގަތުގައި ރިޓަޔަރމަންޓަކީ ހަމައެކަނި ޚިދުމަތުގެ މުއްދަތެއް ނިމުމެވެ. އޭގެ މާނައަކީ "ރިޓަޔަރޑް" ޓައިޓަލް ލިބިގަންނަނީ އަމިއްލަ އަށް "ޓަޔަރޑް" ވެއްޖެކަން އިޙްސާސް ކުރެވި، އަރާމު ކުރުމަށް ވަގުތު ހޯދުމަށެވެ. އެހެންކަމުން އެ ޓައިޓަލް އޮތެއްކަމަކު އެމީހާއަކީ އޮޓޮމެޓިކުން ކޮމްޕްލެކްސް، ހައި ޕްރެޝަރ އޯގަނައިޒޭޝަނެއް ހިންގުމަށް ބޭނުންވާ ހުނަރުތައް ފުރިހަމަ މީހަކަށް ނުވާނެއެވެ.
ދަޢުލަތުގެ މުޅި ނިޒާމުގައިވެސް އާދައިގެ މަސައްކަތްތެރިން ރިޓަޔާ ކުރަން ޖެހެނީ އެމީހުންގެ ހިދުމަތުގެ މުއްދަތު ނިމުމުންނެވެ. ދޮރުވާނުން ފަދަ މަގާމުތަކުގައި ވެސް ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރުމުގެ އުސޫލުތަކެއް އޮވެއެވެ. ރިޓަޔަރމަންޓަކީ ޤާބިލުކަމުގެ ސިއްކައެއް ނޫނެވެ. ކުންފުނިތަކުގެ ލީޑަރޝިޕަށް މީހުން އައްޔަނު ކުރުމުގައި ވަކި މިންގަނޑުތަކެއް އޮންނަން ޖެހެއެވެ. އެއީ ރައްޔިތުންނާ ސީދާ ގުޅިފައިވާ ކަމަކަށް ވާތީއެވެ. އެހެން ޤައުމު ތަކުގައި ރިޓަޔަރމަންޓަށް ފަހު ފެންނަނީ ސާދާ ދިރިއުޅުމަކައިގެން ކުރިޔަށް ދިއުމުގެ މަގުކޮށާތަނެވެ.
ނަމަވެސް ރާއްޖޭގައި ފެންނަނީ އާފެށުމަކުން ފަށާތަނެވެ. މިސަރުކާރުގެ އެމްޕީއެލްގެ ހާލަތުން މިކަން ދަލާލާތު ކޮށްދެއެވެ. ކުންފުނީގެ ހިންގުމުން ދައްކުވައިދެނީ ޤާބިލްކަމުގެ ބަދަލުގައި ނާޤާބިލްކަމުގެ އިންހާއެވެ. މި ފެންވަރުގެ ކުންފުންޏަކުން ފެންނަން ނުޖެހޭފަދަ ހިންގުމުގެ ވައްޓަފާޅި ނެތުމާއި، އޮޕަރޭޝަނަލް ލަސްވުންތަކާއެކު، އެކަމުގެ ޒިންމާ އުފުލަންޖެހެނީ ކުންފުނީގެ ލީޑަރޝިޕްގެ އިތުރުން، "ރިޓަޔަރޑް" ނަމަވެސް "ޓަޔަރޑް" ވަފައި ތިބި މީހުން އެ ކުންފުންޏަށް އައްޔަންކުރި މީހުންނެވެ. އެހެންކަމުން މައްސަލައަކީ ހަމައެކަނި "ކުރީ ސަރުކާރު" ނުވަތަ "މާޒީ"ގެ މައްސަލަތަކެއް ނޫނެވެ.
ސުވާލަކީ ކުންފުނީގައި ޖަވާބުދާރީވުމަށް އަހުލުވެރި ލީޑަރޝިޕެއް އެބަ އޮތް ހެއްޔެވެ؟ އާންމުންނާއި، ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދައިދެވޭ ހެއްޔެވެ؟ ލީޑަރޝިޕަށް މީހުން އައްޔަނު ކުރަނީ ވަކިމީހެއްގެ ދަރިއަކަށްވީތީ ނުވަތަ ވަކިޢާއިލާއަކަށް ނިސްބަތްވާތީ "ޤާބިލުވެދާނެ ކަމަށް ހީކޮށް" އަވާމެންދުރަށް ބިނާކޮށް ހެއްޔެވެ؟ މިސުވާލުތަކަށް ސާފުކޮށް ޖަވާބު ނުދެވޭހާ ހިނދަކު އެމްޕީއެލްއާ މެދު އާންމުންގެ ކަންބޮޑުވުން ފިލައިގެން ދިއުމަކީ ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު