Japan, UK, France, Italy, Netherlands, Germany
Japan, UK, France, Italy, Netherlands, Germany
ބުރާސްފަތި ދުވަހު ޖަޕާނު، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ނެދަރލޭންޑްސް އެއްވެ ނެރުނު ބަޔާނެއްގައި، ދުނިޔޭގެ ތެލާއި ގޭހުގެ މާކެޓަށް ލޮޅުން އަންނަ ފަދަ ހުރިހާ އަމަލެއް ކުށްވެރިކޮށް ދެން ބަލަން ނުތިބޭނެކަމަށް ބުނެފިއެވެ.

އެ ބަޔާނުގައި ހޮރުމޯޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ދޭ ހަމަލާތައް ފާހަގަކޮށް، މިހަމަލާތަކާ ގުޅިގެން، އިންޝުއަރެންސް ކުންފުނިތަކުން، "ވާރ ރިސްކް" އިންޝުއަރ ނުކުރަން ނިންމުމުން، އެކަމުގެ ބިރަށް 150 އަށްވުރެ ގިނަ ތެޔޮ ބޯޓު ކަނޑުގައި ހުއްޓިފައި ވާކަމަށް ބުނެފައިވެއެވެ. މީގެ ސަބަބުން، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ތާށިވެފައި ވާކަމަށް ބުނެ، އދގެ 2817 ރިޒޮލިއުޝަން 2817 އަށް ރިއާޔަތްކޮށް، އެ ކަނޑުއޮޅިއިން ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ހަރަކާތްތެރި ވާނެކަމަށް މި ބަޔާނުގައިވެއެވެ.

އަދި، މިހިނގާ މަރޗް މަހުގެ 11 ވަނަ ދުވަހު، އައި.އީ.އޭ އިން ދުނިޔޭގެ ތެލާއި ގޭހުގެ ރިޒާވް ގެ 400 މިލިއަން ބެރަލް ބޭނުންކުރުމަށް ނިންމި ނިންމުމަށް ތާއީދުކޮށް، އެއީ ކޮންމެހެންވެސް މި ދަނޑިވަޅުގައި ކުރަން ޖެހޭ ކަމެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.



މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ތެލާއި ގޭހުގެ މާކެޓަށް އައިސްފައިވާ ލޮޅުން ހަމައަކަށް އެޅުވުމަށް ޖަޕާނު، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ނެދަރލޭންޑްސް އިން އެހީ ވާނެކަމަށް ވެސް އެގައުމުތަކުން ނެރެފައިވާ ބަޔާނުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު