އީރާނުން ގަތަރުގެ ރަސް ލައްފާނަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފުސީލު، ގަތަރު އެނާޖީއިން އިއްޔެ ވަނީ ހާމަކޮށްދީފައެވެ.
ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓްސް ފޯ އެނާޖީ އަފެއާސް، ހިޒް އެކްސެލެންސީ އަލް ކާބީ ވިދާޅުވީ އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ލިކުއިފައިޑް ނެޗުރަލް ގޭސް އުފައްދާ މައި ދެ ކާރުޚާނާ ވަނީ އެއްކޮށް ހަލާކުވެފައި ކަމަށެވެ، އެއީ އަހަރެއްގެ މައްޗަށް އުފައްދާ އަދި ބޭރު ކުރާ ގޭހުގެ 17 އިންސައްތަ (12.8 މިލިއަން ޓަނު) ކަމަށާއި އަދި އެއީ ލަފާކުރެވޭ ގޮތުގައި އަހަރެއްގެ ރެވެނިއުގެ 20 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމުގައިވެސް އަލް ކާބީ ވިދާޅުވިއެވެ.
މި ދެ ކާރުޚާނާ މަރާމާތުކޮށް ލިބުނު ގެއްލުމުން އަރައިގަންނަން އިތުރު 5 އަހަރު ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު، މި ދެކާރުހާނާ އިތުރުން އިރާނުގެ އެ ހަމަލާގައި ޕާލް ޖީޓީއެލްގެ 2 ކާރުޚާނާއަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައިކަމަށް އަލް ކާބީ ވިދާޅުވިއެވެ. އެ ކާރުޚާނާތައްވެސް ކުރިއަށް އޮތް އެއް އަހަރު ދުވަހު ނުހިންގޭނެ ކަމަށާއި އޭގެ ސަބަބުން، އަންދާޒާ ކުރެވޭ ގޮތުގައި ގަތަރުގެ އެކްސްޕޯޓުތަކުގެ ތެރެއިން ކޮންޑެންސޭޓްސްގެ 24އިންސައްތަ އާއި، އެލް.ޕީ.ޖީ 13 އިންސައްތަ އާއި، ނަފްތާގެ 6 އިންސައްތަ އާއި، ސަލްފާގެ 6 އިންސައްތަ އާއި ހީލިއަމްގެ 14 އިންސައްތައިގެ ގެއްލުމެއް ވާނެކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ގަތަރު އެނާޖީއިން ބުނެފައިވެއެވެ.
ޢިރާނުން ދިން މި ހަމަލާތަކަކީ ހަމައެކަނި ގަތަރަށް ދެވުނު ހަމަލާތަކެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ސްޓޭބިލިޓީއަށް ދިން ހަމަލާއެއް ކަމަށް އަލް ކާބީ ހާމަކުރެއްވިއެވެ. އަދި ނިންމާލަމުން، އަލް ކާބީ ވަނީ މި ހަމަލާތަކުގައި އެއްވެސް އިންސާނަކަށް ގެއްލުމެއް ވެފައި ނުވާކަން ކަށަވަރު ކޮށްދީ، މި ކާރިސާގައި ހަރަކާތްތެރިވެ މިކަން ހުއްޓުވި ހިތްވަރުގަދަ ސިފައިންނަށް އައްސަރިބަހާ ސާބަސް ވިދާޅުވެފައެވެ.

Providing an update on the damage from the missile attacks on Ras Laffan Industrial City
— QatarEnergy (@qatarenergy) March 19, 2026
H.E. Minister Saad Sherida Al-Kaabi: The missile attacks reduced Qatar’s LNG export capacity by 17% and caused an estimated loss of $20 billion in annual revenue
- Extensive damage to our…
ޢިރާނުން ދިން މި ހަމަލާތަކަކީ ހަމައެކަނި ގަތަރަށް ދެވުނު ހަމަލާތަކެއް ނޫން ކަމަށާއި މިއީ މުޅި ދުނިޔޭގެ ހަކަތައިގެ ސްޓޭބިލިޓީއަށް ދިން ހަމަލާއެއް ކަމަށް އަލް ކާބީ ހާމަކުރެއްވިއެވެ. އަދި ނިންމާލަމުން، އަލް ކާބީ ވަނީ މި ހަމަލާތަކުގައި އެއްވެސް އިންސާނަކަށް ގެއްލުމެއް ވެފައި ނުވާކަން ކަށަވަރު ކޮށްދީ، މި ކާރިސާގައި ހަރަކާތްތެރިވެ މިކަން ހުއްޓުވި ހިތްވަރުގަދަ ސިފައިންނަށް އައްސަރިބަހާ ސާބަސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު