ޕާކިސްތާނު، ގަތަރު، އަޒަރުބައިޖާން، ބަހްރައިން، އިޖިޕްޓް، ޖޯޑަން، ކުވައިތު، ލެބަނަން، ސައުދިއަރަބިޔާ، ސީރިޔާ، ތުރުކީ، އަދި ޔޫ.އޭ.އީ
ޕާކިސްތާނު، ގަތަރު، އަޒަރުބައިޖާން، ބަހްރައިން، އިޖިޕްޓް، ޖޯޑަން، ކުވައިތު، ލެބަނަން، ސައުދިއަރަބިޔާ، ސީރިޔާ، ތުރުކީ، އަދި ޔޫ.އޭ.އީ
ބާރަ ގައުމަކުން އެއްވެ، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުމަށް ވަނީ އީރާނަށް ގޮވާލައިފިއެވެ.

އަދި މިގޮތަށް ކަން ނުކޮަށްފިނަމަ، 12 ގައުމުގެ ޖޮއިންޓް ހަމަލާއެއް ފެންނާނެ ކަމުގެ އިންޒާޒުވެސް ދީފައިވެއެވެ. އީރާނަށް އިންޒާރުދިން ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު، ގަތަރު، އަޒަރުބައިޖާން، ބަހްރައިން، އިޖިޕްޓް، ޖޯޑަން، ކުވައިތު، ލެބަނަން، ސައުދިއަރަބިޔާ، ސީރިޔާ، ތުރުކީ، އަދި ޔޫ.އޭ.އީ ހިމެނެއެވެ.

މި ބަޔާން ނެރެފައިވަނީ މިއަދު، ރިޔާދުގައި ބޭއްވުނު ކުއްލި ބައްދަލުވުމެއްގައެވެ. މި ބައްދަލު ބޭއްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އީރާނުން މެދުއިރުމަތީ ގައުމުތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކެވެ. އޭގެތެރޭގައި، ހަނގުރާމައިގެ ދެވަނަ ހަފުތާގައި ދުބާއީގެ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، ރައްޔިތުން ދިރިއުޅޭ އިމާރާތެއް ކަމަށްވާ ދުބާއީ މެރީނާއަށާއި އަދި ސައުދީގެ ތެޔޮ ކާރުޚާނާތަކަށް ދިން ހަމަލާތައް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، އިއްޔެގެ ވަގުތެއްގައި ގަތަރުގެ ރަސް ލައްފާނަށް ދިން ހަމަލާތަށްވެސް ހިމެނެއެވެ.



މެދު އިރުމަތީގެ ހަމަނުޖެހުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 4000 އަށް މިހާރު އަރާފައި ވާއިރު މެދުއިރުމަތީގެ ގައުމުތަކަށް ލިބިފައިވާ ބޮޑެތި އިޤުތިސާދީ ގެއްލުންތައް އަންދާޒާ ކޮށްލަން ދަތިކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު