މާލޭގެ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ދެބުރި އިމާރާތެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޢިމާރާތުގައި ރޯވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، މީހަކު އެގެއަށް ވަދެފައި ނުކުންނަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ. އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި، އަލިފާން ރޯވި ގެއަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، އެ ގޭގައި ކަރަންޓުގެ ޚިދުމަތްވެސް ނެތްކަމަށެވެ.
ސީސީޓީވީ ފޫޓޭޖުން ފެންނަނީ، ހޮންޑާ ވޭވް ސައިކަލެއްގައި އައި މީހަކު، އަލިފާން ރޯވުމުގެ މަދު މިނެޓުކޮޅެއް ކުރިން އެ ގެއަށް ވަންނަ މަންޒަރެވެ. އެ ސަރަހައްދުގެ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި، އެ ގެއަކީ ސާފުކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ތަނެކެވެ. އެގޮތުން އެދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ބިދޭސީ މަސައްކަތްތެރިން އެގޭގައި ހުރި ތަކެތި ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުންދިޔައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަރުނީޗަރާއި ކުޑަކުދިންގެ ސާމާނު ހުރި ކަމަށް މީހުން ބުނެއެވެ.
ސީސީޓީވީ ފޫޓޭޖުން ފެންނަ ވަގުތުތަކަށް ބަލާއިރު ހެނދުނު 10:33 ގައި އެ މީހާ ގެއަށް ވަދެއެވެ. އަދި ހެނދުނު 10:39 ގައި އެ މީހާ ގެއިން ނުކުމެއެވެ. އަދި ހެނދުނު 10:40 ގައި ގޭގެ ބޭރަށް ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އަދި ހެނދުނު 10:40 ގައި ގޭތެރޭގައި ތިބި މަސައްކަތްތެރިން ބޭރަށް ނުކުމެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ މީހާ ވަދެފައިވަނީ އިމާރާތުގެ ފުރަތަމަ ފަންގިިފިލާއަށެވެ. އެ ވަގުތު މަސައްކަތްތެރިން ތިބީ ދެވަނަ ފަންގިފިލާގައެވެ. "ގޭތެރޭގައި ތިބި އެއްވެސް މަސައްކަތްތެރިއަކަށް އޭނާ ވަން ތަނެއް ނުފެނޭ. ފުރަތަމަ ދުން އަރަން ފެށީވެސް ފުރަތަމަ ފަންގިފިލާއިން." އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ. ފޫޓޭޖުން ފެންނަ ގޮތުގައި އެ މީހާ ސައިކަލުގައި ދަމުންވެސް އެ އިމާރާތާ ދިމާލަށް ފަސްއެނބުރި ބަލާލައެވެ. އޭނާ ދިޔަ ފަހުން ވަރަށް އަވަހަށް އިމާރާތުން ދުން އަރަން ފެށިއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މީހުން ތުހުމަތު ކުރަނީ މިއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށެވެ. "މިއީ ގަސްތުގައި ރޯކޮށްލާފައިވާ އަލިފާނެއް ކަމަށް ބެލެވެނީ. އަމިއްލައަށް އިއްތިފާގަކުން ރޯވާނެ ގޮތެއް ނެތް." މީހަކު ބުންޏެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގަޑިއިރެއްހާއިރުގެ މަސައްކަތުންނެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މި ހާދިސާގައި އެ ގެ އެއްކޮށް އަނދާފައިވާއިރު، ކައިރީގައި ހުރި ބައެއް އިމާރާތްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ދުމުގެ އަސަރުކުރި އަންހެން ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ހުވަފެނީ ގޯޅީގައި އަލިފާން ރޯވީ މިއަދު ހެނދުނު 10:57 ހާއިރު ކަމަށާއި، އޭގެ ގާތްގަނޑަކަށް ގަޑިއިރެއް ތެރޭ 11:52 ހާއިރު އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު