ސިނަމާލެ ބްރިޖް ހައިވޭގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން މިއަދު އުޅަނދެއް ފުރޮޅާލައި، ދެ މީހަކަށް އަނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުރި ފެންސެއްގައި ޖެހިގެން ކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހާދިސާގައި ފުރޮޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އުޅަނދެކެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބި ދެ މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް، އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލާއި އެމީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު