އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކާ ގުޅިގެން، ރާއްޖޭގައި ދުއްވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް ސަރުކާރުން ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި "އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް" ގެނައި ހަތްވަނަ އިސްލާހުގައިވާ ގޮތުން، އިލެކްޓްރިކް އުޅަނދުގެ ގޮތުގައި ބަލާނީ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައި ބެޓްރީ ނުވަތަ އިލެކްޓްރިކް މޯޓަރު ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކަށެވެ.
މި އިސްލާހުގެ ދަށުން އުޅަނދުތަކުގެ ނަންބަރު ބޯޑުގެ ކުލައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރަމުން އައީ ކަޅު ކުލައިގެ ނަންބަރު ބޯޑެވެ. ނަމަވެސް އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުގެ ބޯޑު ހުންނަންޖެހެނީ ފެހި ކުލައިގެ ބޯޑުގައި ރީނދޫ ކުލައިގެ އަކުރުންނެވެ. އަދި އަމިއްލަ ބޭނުމަށް ދުއްވާ އިލެކްޓްރިކް އުޅަނދުގައި ފެހި ކުލައިގެ ބޯޑުގައި ހުދު ކުލައިގެ އަކުރުންނެވެ.
މި ގަވާއިދަށް މިހާރު އަމަލުކުރަން ފެށި ނަމަވެސް، މިހާރު ރަޖިސްޓްރީ ކޮށްފައިވާ އިލެކްޓްރިކް އުޅަނދުތައް އާ އުސޫލަށް ފެއްތުމަށްޓަކައި 60 ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.
މީގެ އިތުރުން، އުޅަނދު ރަޖިސްޓްރީ ކުރުމުގެ އުސޫލަށް ވެސް މި އިސްލާހާއެކު ބަދަލެއް ވަނީ ގެނެސްފައެވެ. ކުރިން އޮންނަ ގޮތުން ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުން ޑިއުޓީ ނުދައްކާ އެތެރެކުރާ އުޅަނދުތައް އާންމު ފަރާތްތަކަށް ރަޖިސްޓްރީ ކުރެވެނީ ޑިއުޓީ ދެއްކުމަށް ފަހުގައެވެ. ނަމަވެސް، އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ 50 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮންނަ، މަގުމަތީގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކަށް މި ޝަރުތަކާ ނުލައި އުޅަނދު ރަޖިސްޓްރީ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު