މަޝްހޫރު އެކްޓްރެސް ރަޝްމިކާ މަންދަންނާ އޭނާގެ ކައިވެނީގެ އުފާވެރި ރަސްމިއްޔާތުތަކަށްފަހު، އަލުން ފިލްމީ މަސައްކަތަށް އެނބުރި އަތުވެއްޖެއެވެ.
ކައިވެންޏަށް މަސައްކަތާ ދުރުގައި ހުރުމަށްފަހު ރަޝްމިކާ މިހާރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މައިސާ" ގެ ޝޫޓިންގައި ބައިވެރިވާން ފަށާފައެވެ. ފިލްމުގެ ޑައިރެކްޓަރު ރަވިންދްރާ ޕުލޭ އިންސްޓަގްރާމްގައި ހިއްސާކުރި ސްޓޯރީއެއް ރީޕޯސްޓް ކުރަމުން ރަޝްމިކާ ވަނީ ފިލްމުގެ ސެޓުން ފެންނަ މަންޒަރެއް އާންމުކޮށްފައެވެ. ބޭރުތެރޭގެ ހިތްގައިމު މަންޒަރެއް ފެންނަ މި ފޮޓޯއާއެކު ރަޝްމިކާ ލިޔެފައިވަނީ "ޝިކާރު ފެށިއްޖެ" މިހެންނެވެ. މިއީ ފިލްމުގެ އާ ތާވަލެއްގެ މަސައްކަތް ފެށުނުކަމުގެ އިޝާރާތެކެވެ.
"އަންފޯމިއުލާ ފިލްމްސް" އިން އުފައްދާ މި ފިލްމަކީ ޓްރައިބްތަކެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ، އަސަރުގަދަ އެކްޝަން ތުރިލަރެކެވެ. ފިލްމުގެ ވާހަކައިގެ މާ ބޮޑު ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ފިލްމުން ރަޝްމިކާ ފެންނާނީ މީގެ ކުރިން އޭނާ ކުޅެފައިވާ ރޯލުތަކަށްވުރެ މާ ވަރުގަދަ އަދި ތަފާތު ކެރެކްޓާއަކުން ކަމަށް
ރިޕޯޓުތަކުގައި ވެއެވެ.
ފިލްމާ ގުޅުންހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، މިހާރު ކުރިއަށްދާ ޝޫޓިންގައި މައިގަނޑު ގޮތެއްގައި ނަގަމުންދަނީ ބޭރުތެރޭގައި ކުޅޭ މުހިންމު މަންޒަރުތަކެކެވެ. މީގެ ކުރިން ފިލްމުގެ "ފަސްޓް ލުކް" އާންމުކުރުމާއެކު، ރަޝްމިކާގެ ފެނިލުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ރަޝްމިކާ ބުނީ، މިއީ އެކްޓަރެއްގެ ގޮތުން އޭނާއަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، ފިލްމުގެ ކުރިއަށް ހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމަށެވެ.
މި އަހަރުތެރޭ "މައިސާ" ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް ހަފުތާތަކުގައި ފިލްމުގެ އިތުރު ޝޫޓިންތައް ކުރިއަށްދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު