ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޕްރިޔާދަރްޝަން އާއި ބޮލީވުޑްގެ ނަންވިދާ ތަރި އަކްޝޭ ކުމާރު، 14 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އާ ފިލްމަކާއެކު އެނބުރި އަންނަކަން އިއުލާންކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ޕްރޮޖެކްޓަށް ހުއްޓިފައެވެ.
"ބޫތު ބަންގްލާ" ގެ ނަމުގައި އުފައްދާ މި ފިލްމަކީ މިއަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން މިހާރުވެސް ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރިޔާދަރްޝަން ބުނީ، އަކްޝޭ ކުމާރަކީ އޭނާއަށް ވަރަށް ނަސީބުގަދަ ތަރިއެއް ނުވަތަ "ލަކީ މެސްކޮޓް" އެއް ކަމަށެވެ.
މީގެ ކުރިން މި ދެމީހުން ގުޅިގެން ގެނެސްދީފައިވާ ކޮމެޑީ ފިލްމުތަކަކީ ބޮލީވުޑްގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެކެވެ. ބާލާޖީ މޯޝަން ޕިކްޗާސްއިން އުފައްދާ "ބޫތު ބަންގްލާ" އަކީ ބިރުވެރި އަދި މަޖާ ހާދިސާތަކެއް ހިމެނޭ "ހޮރޯ-ކޮމެޑީ" އެކެވެ.
ޕްރިޔާދަރްޝަން ހާމަކުރި ގޮތުގައި މި ފިލްމަކީ ހަމައެކަނި ބިރުގަންނުވާލާ ނުވަތަ މީހުން ހެއްވާލާ ފިލްމެއް ނޫނެވެ. މިއީ އިންޑިއާގެ ކުރީގެ ފޯކްލޯ ނުވަތަ މުސްކުޅި ވާހަކަތަކާއި، ޚިޔާލީ ސިފަކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ފިލްމެކެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ އަވަށްތަކުގައި އަދިވެސް ގަބޫލުކުރާ ސިހުރުވެރިކަމާއި، ރޫހާނީ ކަންތައްތަކުގެ އިތުރުން ކުއަންޓަމް ސައިންސުގައި ބަޔާންކޮށްފައިވާ ފަލްސަފާތައްވެސް މި ފިލްމުގެ ތެރެއިން ފެނިގެންދާނެއެވެ.
"މިއީ އެތައް ގަރުނެއް ކުރިން ފެށިގެން އަހަރެމެންގެ ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ ތަސްވީރެއް،" ޕްރިޔާދަރްޝަން ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އިންޑިއާގެ ސަގާފަތުގައި ޒަމާނުއްސުރެ ގަބޫލުކުރާ "ނަވަގްރަހާ" ނުވަތަ ނުވަ ގުރަހައިގެ ނުފޫޒާއި ސައިންސާއި ދީނީ ގަބޫލުކުރުންތަކުގެ މަސްހުނިވުމެއް މި ފިލްމުން ފެންނާނެއެވެ.
މި ފިލްމުގެ ޓީޒާ ދާދި ފަހުން ރިލީޒްކޮށްފައިވާއިރު، އެ ޓީޒާ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ބެލުންތެރިން ބުނަމުންދަނީ މި ޓީޒާއިން ކުރީގެ މަޖާ ފިލްމުތަކުގެ ހަނދާންތައް އާވެއްޖެ ކަމަށެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ މި ޖޯޑުގެ "ބޫތު ބަންގްލާ" ސިނަމާތަކަށް އަންނާނީ 10 އެޕްރީލް ގައެވެ.

ކިޔުންތެރިންގެ ހިޔާލު