މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރާ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ އަތްމައްޗަށް ލިބޭ މިންވަރު މަދުވަމުންދާ ކަމަށެވެ. މި ދަތުރުފުޅުގައި ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ އިތުރުން ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތުޅާދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ނަޝީދު ވިދާޅުވީ، ދިވެހީން މިވަގުތު ތިބީ ހަނގުރާމައިގެ ބަނަ ވިލާގަނޑެއްގެ ދަށުގައި ކަމަށެވެ. އަދި ރާއްޖެ ފަގީރު ގައުމެއްގެ ގޮތުގައި އޮވެ، މެދު އާމްދަނީގެ ގައުމަކަށް ބަދަލުވުމަށްފަހު، އަލުން އަނބުރާ ނިކަމެތި ގައުމެއްގެ ދަރަޖައަށް ވެއްޓެން އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކަށާއި، ގަލްފުގެ ގައުމުތަކުގެ މަސްރަހަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ މަސްރަހު ބަނަވަމުން ދިއުމުގެ ސަބަބުން ތެލާއި ޒަރޫރީ ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ. "ކުރާން އޮތް އެންމެ ރަނގަޅު ކަމަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުން. ސަރުކާރުގެ ޚަރަދު ބޮޑުވި ވަރަކަށް ރައްޔިތުންނަށް ލިބެން އޮންނަ އާމްދަނީގެ މިންވަރު ކުޑަވެގެން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ފައިދާނުވާ ކުންފުނިތަކަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށެވެ. އެހެންކަމުން، ކުންފުނިތަކުގެ މުސާރައާއި، ހަރުމުދަލާއި، ރިކަރަންޓް ޚަރަދުތައް ވަކި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައެޅިފައި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތަށް އިޝާާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 140 އިންސައްތަ ބޭރުގެ ފަރާތްތަކަށް ދަރާފައިވާ ކަމަށެވެ. އަދި އަންނަ އޭޕްރިލް މަހު ދައްކަންޖެހޭ ބައި ބިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ފައިސާ ހުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް، ތެލުގެ އަގު އުފުލެމުންދާތީ އެކަމާ މެދު ޝައްކު އުފެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ދަރަނި ދައްކަން އިތުރު ދަރަނި ނަގައިގެން ގައުމު "ދަރަނީގެ ދަންތުރައެއް"ގެ ތެރެއަށް ވައްޓާލަންވީ ވަގުތެއް ނޫން ކަމަށެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ، ބައެއް ގަޑިތަކުގައި ކަރަންޓު ކެނޑުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅައިގެން ނަމަވެސް ޚަރަދު ކުޑަކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ސުކޫކު ދެއްކުމަށް ބޭނުންވާ 650 މިލިއަން ޑޮލަރު ރައްކާކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތެލުގެ އަގު އުފުލޭތީ ރިޒާވަށް ކުރާ އަސަރު ކުޑަކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު