ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރުގެ މައްސަލަ، ކްރިމިނަލް ކޯޓުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައަކީ ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން އެޕާޓްމެންޓެއް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއެކެވެ. ނަމަވެސް، މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ފައިސާއަކީ އެފްއޭއެމް އާއި އަމިން ކޮންސްޓްރަކްޝަނާ ދެމެދު ހިނގި ސައްހަ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކޯޓުން ނިންމީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކުރުމަށްފަހު ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، އެއް މިލިއަން ޑޮލަރުގެ ޗެކާ މެދު ގޮތެއް ނިންމުމަށް މައްސަލަ އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު ޕީޖީ އޮފީހުން ބުނީ، މި މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް، އެހެން މައްސަލަތަކެއްގައި ބައްސާމްގެ މައްޗަށް މިހާރު އިއްވާފައިވާ 32 އަހަރުގެ ޖަލު ހުކުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން، މި މައްސަލާގައި އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަވެސް ދައުލަތުން ވަނީ މީގެ ކުރިން އިސްތިއުނާފުކޮށްފައެވެ.
ބައްސާމްގެ ފަރާތުންވެސް އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތައް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ސިއްހީ ސަބަބުތަކަކަށްޓަކައި އިއްޔެ ބައްސާމް ގޭ ބަންދަށް ބަދަލުކުރި ނަމަވެސް، އެކަމާމެދު ޢާއްމުން ނުރުހުން ފާޅުކުރަން ފެށުމުން ރޭގެ ވަގުތެއްގައި އޭނާ ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ. ބައްސާމް މިހާރު ގެންދަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ހުކުމް ޖަލުގައި ތަންފީޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު