އީރާނުގެ ހަމަލާތަކާ ގުޅިގެންއެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
ޔޫއޭއީ ގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން އެއްކޮށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ހާމަކުރި ގޮތުގައި، އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން އެއްކޮށް ބަންދުކޮށްފައިމިވަނީ އުދުހުންތަކާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި މުހިއްމު ފިޔަވަޅެކެވެ.
ޔޫއޭއީގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެޅި "ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅިކަން މިއަދު ހާމަކުރެއްވިއިރު، މީގެ ކުރިން ވެސް ރިޕޯޓްކޮށްފައިވާ ފަދައިން، ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ އީރާނުން ފޮނުވާލާފައިވާ މިސައިލާއި ޑްރޯން ހަމަލާތަކަށް ރައްދު ދެމުންދާކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު