އީރާނުގެ އާ ރޫހީ ލީޑަރު އަދި އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އަކީ މިހާރު ދުނިޔޭގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިޝާރާތް ކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އީރާނުގައި މިހާރު ލީޑަރޝިޕެއް ނެތް. އޮތް ލީޑަރޝިޕް ވަނީ ނެތިގޮސްފައި. އަދި އާ ލީޑަރަކު އައްޔަންކުރުމަށްޓަކައި އެކުލަވާލި ލީޑަރޝިޕް ވެސް ވަނީ ނެތިގޮސްފައި،" ކަމަށެވެ. މީގެ އިތުރުން "މިހާރު އެމީހުން ބުނަނީ އޭނާގެ ދަރިފުޅު ވެސް ނެތިގޮސްފައިވާ ކަމަށް ވެދާނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.
ކެނެޑީ ސެންޓަރުގައި ބޭއްވި އިވެންޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާގެ ސޫރަ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އޭނާގެ ފައެއް ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށެވެ. އަދި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، "ޕީޓަރ، އޭނާ މަރުވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަހަރެމެންނަކަށް އަދި ނޭނގެ،" ކަމަށެވެ.
މީގެ ކުރިން ނައިބު ރައީސް ޖޭ.ޑީ. ވެންސްއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާނާއެކު ހަނގުރާމަ ކުރަންޖެހޭ ސަބަބުތައް ބަޔާންކުރައްވާ އެ ގައުމުގެ ވެރިންނަކީ އިހުތިޖާޖުކުރާ މީހުން މަރާ، އަދި ސަރުކާރާ ދެކޮޅަށް ރައްޔިތުން އަޑުއުފުލައިފިނަމަ އިތުރު އަނިޔާވެރިކަން އިސްކުރާނެ ކަމުގެ އިންޒާރު ދޭ، "ނުލަފާ އަދި އަނިޔާވެރި" ބައެއް ކަމަށް ވިދާލުވެފައެވެ.
އޭނާ ވިދާޅުވީ، "އިހުތިޖާޖު ކޮށްފިނަމަ މަގުމަތީގައި ބަޑިޖަހައި މަރާލާނެ ކަމަށް ބުނެ އެމީހުން (އީރާނުގެ ސަރުކާރުން) މީގެ ދެ ދުވަސް ކުރިން މެމޯއެއް ނެރުނު،" ކަމަށެވެ. އޭނާ ވިދާޅުވީ "އެފަދަ ހާލަތެއްގައި އިހުތިޖާޖު ކުރަން ނުކުންނާނީ ކާކު؟ އާންމު ރައްޔިތުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް. އެކަމަކު އަނެއްކޮޅުން އެމީހުން (ސަރުކާރު) އަތުގައި އެންމެ ފަހުގެ މެޝިން ބަޑިތަކާއި ހުރިހާ ބާވަތެއްގެ ހަތިޔާރު އެބަހުރި،" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު