ދުނިޔޭގެ އިޤްތިޞާދީ އޮއިވަރު ހުރި ގޮތުން ގިނަ ޤައުމުތަކަކުން ބަޖެޓް ހަރުކަށިކޮށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަމުންދާ ދަނޑިވަޅެއްގައި، ދިވެހިރާއްޖެ ފެންނަނީ މިއާ ދިމާ އިދިކޮޅަށް ދަތުރުކުރާ ތަނެވެ. ބޮޑެތި އިޤްތިޞާދީ ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުގައި ބޭކާރު ދަތުރުފަތުރުތަކާއި ޚަރަދުތައް ހަނިކުރަމުންދާއިރު، ރާއްޖޭގައި ބޮޑެތި ސިޔާސީ ދަތުރުތަކާއި ސައިކަލް ބުރުތައް ފަދަ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދެއެވެ.
ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ސަރުކާރުގެ އިސްވެރިން، ރަސްމީ ގަޑިތަކުގައި ސިޔާސީ ހަރަކާތްތަކާއި ދަތުރުތަކުގައި ބައިވެރިވުމަކީ މިއަދު އާންމު ކަމަކަށް ވެއްޖެއެވެ. ސިޔާސީ ގޮތުން ސަރުކާރު ނިސްބަތްވާ ޕާޓީގެ މަސައްކަތްތަކުގައި ޝާމިލުވުމަކީ ގޯހެއް ނޫން ނަމަވެސް، އެކަމުގައި ހުދޫދެއް އޮންނަންޖެހެއެވެ. ޤައުމު މާލީ ބޮޑު އަނދަވަޅެއްގެ ތުންފަތް މަތީގައި ވަނިކޮށް، މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރެވުމަކީ ރައްޔިތުންގެ ކަރުގައި އެޅިފައިވާ ދަންމަޅި ބާރުވެ، ނޭވާ ތާށިވާ ފަދަ ކަންބޮޑުވުންތަކެއް އުފެދޭނެ ކަމެކެވެ.
އަވަށްޓެރި އިންޑިއާ ފަދަ ބޮޑެތި ޤައުމުތަކުގައިވެސް ތަކެތީގެ އަގު ބޮޑުވެ، ކެއްކުމަށް ބޭނުންކުރާ ގޭސް ފަދަ އަސާސީ ތަކެތި ލިބުން ދަތިވެ، އާއިލާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ ބޮޑު އިންޒާރެކެވެ. އިސްރާފު ޚަރަދުތައް ދިފާޢުކުރެވޭނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ. ސަރުކާރުން ހޭދަކުރާ ކޮންމެ ރުފިޔާއަކީވެސް ނުހަނު ފަރުވާތެރިކަމާއެކު، އިސްކަންދޭންޖެހޭ ކަންކަމަށް އަމާޒުކޮށްގެން ކުރެވޭ ހޭދައަކަށް ވާންޖެހެއެވެ.
މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއަށް ނެރެ، ސިޔާސީ ވާދަވެރިކަން އިސްކުރަންވީ ވަގުތެއް ނޫނެވެ. ޤައުމަށް މިއަދު ބޭނުންވަނީ އެއްބައިވަންތަކަމެވެ. ނަމަވެސް، ފެންނަމުންދާ މަންޒަރުތަކުން ހަމަހަމަކަމާމެދު ސުވާލު އުފެދެއެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލްތަކަށް އީދު ބޮކި ނުދިއްލުމަށް އަންގާފައިވާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުގެ ހޮޅިދަނޑިތަކުގައި އީދަށް ބޮކިދަމާ މަންޒަރު ފެނުމަކީ ރާއްޖެތެރޭގެ ރައްޔިތުން ބާކީކޮށްލުން ކަމުގައި ދެކުމުގެ ފުރުޞަތު އޮތް ކަމެކެވެ. ރާއްޖެތެރެއަކީ ވަކި ޖަމާއަތެއް ނުވަތަ މިފަދަ އުފާފާޅުކުރުންތަކުން މަޙުރޫމްކުރަންޖެހޭ ބައެއް ކަމަށް ދެކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ރައީސެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހިތްދަތި ތަޖުރިބާތައް އަދިވެސް ރައްޔިތުންގެ ހަނދާނަކުން ނުފިލައެވެ. ފަތުރުވެރިކަން ހުއްޓި، ކާބޯތަކެއްޗާއި ބޭހަށް ޖެހުނު ދުވަސްތަކުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފަންޖެހެއެވެ. ޤައުމުގެ ލީޑަރޝިޕުން ހަނދާން ކުރަންވީ، ވެރިކަމަކީ ވަކި ޕާޓީއަކަށް ކޮށްދޭ ކަމެއް ނޫން ކަމާއި، މިއީ ރައްޔިތުން ހަވާލުކުރި އަމާނާތެއްކަމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ޚަރަދު ކުޑަކުރުމަށް އެންމެ ބޮޑަށް ގޮވާލި ސަރުކާރަށް ވީހިނދު، އެންމެ ބޭކާރު ޚަރަދު ކުރާ ސަރުކާރުގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރަމުން ދިއުމަކީ ހިތާމަހުރި ކަމެކެވެ. ޤައުމުގެ މުސްތަޤްބަލް ރައްކާތެރިކުރުމަށްޓަކައި، މިއަދު ކުރާ ކޮންމެ ހޭދައަކީ މާދަމާގެ ޖީލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކަށް ހަދަންޖެހެއެވެ. ސިޔާސީ މަންފާއަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު