މެދުއިރުމަތީގެ މަސްލަހަތު ނަގާލައި، ސަރަޙައްދީ ހަމަޖެހުން ގެއްލުވާލަނީ އިސްރާއީލުގެ އުދުވާނީ އަމަލުތަކުގެ ސަބަބުން ކަމަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކަން ފީޑަން ވިދާޅުވެއްޖެއެވެ.
އަންކާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފީޑަން ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށްޓަކައި ދެ ގައުމުން އަލުން މަޝްވަރާގެ މޭޒަށް އެނބުރި އަންނަންޖެހޭ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ސަރަޙައްދުގެ އެހެން ގައުމުތަކަށް ފެތުރިގެން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ތުރުކީވިލާތަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާއެއް އެ ގައުމުގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާކަން ހާމަކުރައްވަމުން، ފީޑަން ވިދާޅުވީ މުޅި ސަރަހައްދު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލަން އިސްރާއީލުން ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ މަސްޖިދުލް އަޤްޞާގައި އަޅުކަންކުރުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ދިއުމަކީ، ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ނުތަނަވަސްކަން އުފެދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ލުބުނާނަށް އިސްރާއީލުން ދެމުންދާ ރަހުމުކުޑަ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަސްލު މަގުސަދަކީ ހިޒްބުالله އާ ހަނގުރާމަކުރުމުގެ ނަމުގައި ލުބުނާނުގެ ރައްޔިތުންގެ ނަސްލު ނައްތާލުން ކަމަށެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ މި ހަމަލާތަކުގައި މިހާތަނަށް އެ ގައުމުން 800 އަށްވުރެ ގިނަ މީހުން ޝަހީދުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ނުރައްކާތެރި ހާލަތުގެ ސަބަބުންނާއި ސަލާމަތީ ރައްކާތެރިކަމަށްޓަކައި ލުބުނާނުގެ ފަސް ހޮސްޕިޓަލެއް މިހާރު ވަނީ ބަންދުކުރަން ޖެހިފައެވެ. ތުރުކީވިލާތުން ބުނާ ގޮތުގައި، އިސްރާއީލުން މި ހުރިހާ ޖަރީމާތަކެއް ހިންގަމުންދަނީ އެއީ އީރާނުން ކުރާ ކަމެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު