ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތަކު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ރާއްޖެ އައިސްފައިވަނީ 2024 ޖޫން 28 ވަނަ ދުވަހު ޔޫއެސް ބަންގްލާ އެއާލައިންސްގެ ބީއެސް 337 ފްލައިޓުންނެވެ.
އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު، އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނުމާ ގުޅިގެންނެވެ. ފުލުހުންގެ ތަހުލީލުތަކުން ދެއްކި ގޮތުގައި އެ ތަކެއްޗަކީ 535.6632 ގްރާމްގެ މެތައެމްފަޓަމިންއެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ. ފުލުހުން ވަނީ މި މައްސަލައިގައި ހެކި އެއްކުރުމާއި، ތަކެތި ތަހުލީލުކުރުމާއި، މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ހިމެނޭހެން ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ހުށަހަޅާފައެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު އިއްވި ހުކުމުގައި ބުނެފައިވަނީ، އެމްޑީ ސޮހަބް މިއަގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެއާއެކު، ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100،000 ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު