ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. ޚަލީލް
ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. ޚަލީލް
ދަރަނި ދެއްކުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރު ޑރ.ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނި އަޅުވާއިރު ދަރަނި ދެއްކޭނެ އެއްވެސް ސްޓްރެޓެޖީއެއް ނެތްކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި ނެންގެވުމުގެ ކުރިން ދަރަނި ދެއްކެވޭނެ މަގު ތަނަވަސްކުރެއްވުމަށްޓަކައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އުފެއްދެވީ "ސޮވެރިން ފަންޑެއް" ކަމަށާއި، މި ފަންޑު އުފެއްދުމުގެ ބޭނުމަކީ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރުކުރުން ކަމަށް ވެސް ޑރ.ޚަލީލް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.ޚަލީލް ވިދާޅުވީ މިހެން ކަންކުރީމާ ދަރަނީގެ ބުރަ ދިވެހިންނަށް ނުޖެހޭނެ ކަމަށެވެ.



ދަރަނި ނެންގެވުމުގެ ކުރިން ދަރަނި ދެއްކެވޭނެ މަގު ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ތަނަވަސްކުރެއްވި ކަމަށާއި ނަމަވެސް، ރައީސް ޞާލިޙް ނަންގަވާ ދަރަނީގެ ހުރިހާ "ބޮލުގެ ރިހުމެއް" އޮތީ ދިވެހި ރައްޔިތުންނަށްކަމަށް ވެސް ޑރ.ޚަލީލްވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ވަނީ 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރާފައެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާދީފައިވަނީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއްކުރި އެއް ޤައުމަކީ ރާއްޖެ ކަމަށްވުމާއެކު މިވަގުތަށް ކޮންމެހެން ހިންގުން މަޖުބޫރު ނޫން ބޮޑެތި މަޝްރޫޢުތައް ފަސްކޮށްލަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން