އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން އޭޝިއާގެ ގައުމުތަކުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މިގޮތުން ބައެއް ގައުމުތަކުން ޔުނިވަރސިޓީތައް ބަންދުކޮށް، ތެޔޮ ލިބޭނެ މިންވަރު ކޮންޓްރޯލް ކުރަން ވަނީ ފަށާފައެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝްއިން ވަނީ ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ހުރިހާ ޔުނިވަރސިޓީތަކެއް ބަންދުކޮށް، އީދު ބަންދު އަވަސްކޮށްފައެވެ. މި ނިންމުމުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރަށް ހޭދަވާ ތެޔޮ އިގްތިސާދު ކުރެވޭނެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ބަންގްލަދޭޝްއަކީ ބޭނުންވާ ހަކަތައިގެ 95 އިންސައްތަ އިމްޕޯޓްކުރާ ގައުމެކެވެ. މީގެ އިތުރުން، ތެޔޮ ލިބުމުގެ ބިރުވެރިކަން އުފެދި މީހުން ގިނަ އަދަދަކަށް ތެޔޮ ގަނެ އެއްކުރަން ފެށުމުން، ސަރުކާރުން ވަނީ ތެޔޮ ވިއްކޭނެ މިންވަރު ކޮންޓްރޯލްކޮށްފައެވެ. ގޭހުގެ ދަތިކަމުގެ ސަބަބުން ބައެއް ފާޓިލައިޒަރ ޕްލާންޓްތައް ހުއްޓާލައި، އެ ގޭސް ވަނީ އިންޖީނުގެތަކަށް ބަދަލުކޮށްފައެވެ.
ދެކުނު އިރުމަތީ އޭޝިއާ
މިޔަންމާގައި އަމިއްލަ އުޅަނދުފަހަރަށް ތެޔޮ ދޫކުރުމުގައި "އޮޑް-އީވަން" ނިޒާމެއް ވަނީ ތައާރަފުކޮށްފައެވެ. މި ނިޒާމުގެ ދަށުން އުޅަނދުގެ ނަންބަރު ޕްލޭޓަށް ބަލައި ވަކި ދުވަސްތަކެއްގައި ނޫނީ ތެޔޮ ނުލިބޭނެއެވެ. ނަމަވެސް އިލެކްޓްރިކް އުޅަނދުތައް މީގެއިން އިސްތިސްނާވެއެވެ. ފިލިޕީންސްގައި ތެޔޮ ސަލާމަތްކުރުމަށް ސިވިލް ސާވަންޓުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ވިއެޓްނާމުން ވަނީ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި، އިމްޕޯޓް ކުރާ ތެލުން ނަގާ ޓެކްސް އުނިކުރުމަށް ނިންމާފައެވެ.
އެހެނިހެން ގައުމުތައް
އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައި ތެޔޮ ވިއްކުން ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް ހަނިކޮށްފައެވެ. ދެކުނު ކޮރެއާއާއި ތައިވާނުން ވަނީ ތެލުގެ އަގު އިންތިހާއަށް އުފުލުނު ނުދިނުމަށްޓަކައި އަގުތަކަށް "ކެޕް" އެއް ނުވަތަ ވަކި މިންވަރަކަށްވުރެ ބޮޑުނުކުރެވޭނެ އުސޫލެއް ކަނޑައަޅާފައެވެ. ތައިލެންޑުގެ ބޮޑުވަޒީރު ވަނީ ތެޔޮ އެއްކޮށް ރައްކާނުކުރުމަށް އިލްތިމާސްކުރައްވައި، ޑީސަލްގެ އަގު ކޮންޓްރޯލް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އިންޑިއާގައި ކައްކާ ގޭސް ފުޅިއެއްގެ އަގު ވަނީ 60 ރުޕީސްއަށް ބޮޑުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު
ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2022 ވަނަ އަހަރަށްފަހު އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ބްރެންޓް ކުރޫޑްގެ އަގު 116 ޑޮލަރަށް އުފުލުނެވެ. މިއީ ހަމަނުޖެހުން ފެށުނުއިރު ހުރި އަގަށްވުރެ ގާތްގަނޑަކަށް 50 އިންސައްތަ ބޮޑުވުމެކެވެ. ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ބަންދުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ކުންފުނިތަކަށް ކުރިމަތިވި ހުރަސްތައް
ބަހްރޭންގެ ބެޕްކޯ އަދި ގަތަރުގެ ގަތަރު އެނާޖީ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ "ފޯސް މަޖޫރާ" އިއުލާންކޮށްފައެވެ. މިއީ ހަނގުރާމަ ފަދަ ކޮންޓްރޯލް ނުކުރެވޭ ކަންކަމުގެ ސަބަބުން އެއްބަސްވުންތަކާ އެއްގޮތަށް ތެޔޮ ފޯރުކޮށްނުދެވޭނެކަން އަންގައިދޭ އުސޫލެކެވެ. މި ހުރިހާ ނުތަނަވަސްކަމެއް އުފެދިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
މި ނާޒުކު ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި، ކަނޑުމަތީގައި ތާށިވެފައި ހުރި ރަޝިއާގެ ތެޔޮ ގަތުމުގެ ހުއްދަ އިންޑިއާއަށް އެމެރިކާއިން ވަނީ ވަގުތީ ގޮތުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު