އެމެރިކާއިން ބީ-2 ބޭނުންކޮށްގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ނުދިންނަމަ، އީރާނުން އިސްރާއީލް ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ބުދަ ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން ބީ-2 އެޓޭކް ނުދިންނަމަ، އިސްރާއީލް އޮންނާނީ ޗާޓުން ފޮހެލާފައި،" ކަމަށެވެ.
ޓްރަމްޕް ވިދަޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން އަސްކަރީ ހަމަލާތަކަކީ ތެހެރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާއި، އިސްރާއީލަށް ހަމަލާ ދިނުމުގެ ފުރުސަތު ހުއްޓުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ބޭނުންވަނީ އެންމެ ހަފްތާއެއްހާ ދުވަސް ކަމަށާއި، އެ ނުރައްކާ ނައްތާލުމަށް ފުރަތަމަ އިސްނަގައިގެން އަމަލުކުރީ ވޮޝިންޓަނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ހަމަލާ ނުދިންނަމަ އެމީހުންގެ އަތުގައި ނިއުކްލިއާ ހަތިޔާރު ރެޑީ ކޮށްފައި ހުރީސް،" ޓްރަމްޕް ވިދާޅުވިއެވެ. އަދި "މޮޔަ މީހުންގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރުމުން ނުބައި ކަންތައްތައް ދިމާވާނެ" ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިސްވެ ހަމަލާ ނުދިންނަމަ އީރާނުން އިސްރާއީލަށް ހަމަލާދޭނެކަން ކަށަވަރު ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ގާބިލްކަން ވަރަށް ބޮޑަށް ފަހަތަށް ޖެހި، އެ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން މި ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރީ އިސް އޮފިޝަލުން ހިމެނޭ ގޮތަށް ހާހަކަށް ވުރެ ގިނަ މީހުން ޝަހީދުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފް ގައުމުތަކަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފައެވެ.
ކުރީގެ ލީޑަރު އަވަހާރަވުމާ ގުޅިގެން އީރާނުން މިހާރު ވަނީ އާ ސުޕްރީމް ލީޑަރަކަށް މުޖްތާބާ ޚާމަނާއީ އައްޔަންކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އާ ލީޑަރު ދިރިހުރި ނަމަވެސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
ފޮކްސް ނިއުސްގެ ބްރައިއަން ކިލްމީޑް އަށް ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމަ ވަރަށް އަވަހަށް ނިމިދާނެ ކަމަށެވެ. ހަނގުރާމަ ނިމޭނެކަން އެނގެނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، "އަހަރެންގެ ކަށިތަކުގައި އެކަން އިހުސާސް ކުރެވޭ" ކަމަށެވެ. އަދި އަމަލީ ގޮތުން މިހާރު އީރާނުގައި ހަމަލާދޭނެ އިތުރު އަމާޒެއް ބާކީ ނެތުމުން، އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ބޭނުން ކޮންމެ ވަގުތެއްގައި ނިންމާލެވިދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު