ޔަމަނުގެ ހޫޘީ ޖަމާއަތުން އެމެރިކާއާއި އިސްރާއީލު އަދި ހުޅަނގުގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދީ، ފޯރިގަދަ ލަވައެއް ހިމެނޭ ވީޑިއޯއެއް އާންމުކޮށްފިއެވެ.
މި ވީޑިއޯގައި ހޫޘީން ބުނެފައިވަނީ ކުޑަ ޖަމާއަތަކުން މުޅި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ މައްޗަށް ކުރިހޯދާނެ ކަމަށާއި، އިސްރާއީލުގެ ނުބައި ވަބާ މުލުންލުހެލާނެ ކަމަށެވެ.
މި ލަވައިގެ ބައިތުތަކުގައި ބާރުވެރިކަމާއި، ހަނގުރާމަވެރި އުޅަނދުތަކާއި، ރޮކެޓްތަކާއި ޓޭންކުތައް ތައްޔާރުކުރުމަށް ގޮވާލާފައިވެއެވެ. އަދި މަސްޖިދުލް އަޤްޞާގެ ދިފާއުގައި ފުރާނައިން ފިދާވުމަށް ތައްޔާރަށް ތިބިކަން ހާމަކޮށް، ޞިހްޔޫނީންގެ ބާރުތައް ނައްތާލުމަށް އައު އަޒުމެއް ކަނޑައަޅާފައިވާކަން ލަވައިގައި ފާހަގަކޮށްފައިވެއެވެ.
ހޫޘީންގެ މި ލަވައިގައި ބުނެފައިވަނީ އެމީހުން ނިކުމެ ތިބީ ތޫފާނެއްގެ ސިފައިގައި ކަމަށާއި، މިނިވަންކަމަށް ލޯބިކުރާ މީހުންނަށް ޣައްދާރުވާ މީހުންނަށް ދީނެއް އަދި މިއްލަތެއް ނެތް ކަމަށެވެ. އަދި މުޅި ދުނިޔެ ހައިރާންވި ނަމަވެސް، މާތްﷲ ގެ ހަޟްރަތުން މަދު މީހުންކޮޅެއް، ގިނަ ބައެއްގެ މައްޗަށް ކުރިހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މި ލަވައިގައި ބުނެފައިވެއެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދީ ބޮޑު ހަނގުރާމައެއް ފަށާފައިވާ މި ދަނޑިވަޅުގައި، ޔަމަނުގެ ހޫޘީން ވެސް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އެގޮތުން، ރަތްކަނޑުން ދަތުރުކުރާ އެމެރިކާގެ އުޅަނދުތަކަށާއި އިޒްރޭލަށް އަމާޒުކޮށް ހޫޘީން ދަނީ މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދޭން ފެށުމުން، ފަލަސްތީނުގެ ރައްޔިތުންނާ އެކު ވާކަން ހާމަކުރުމަށް ކަމަށް ބުނެ ހޫތީންގެ ގުރޫޕުން ވަނީ އިޒްރޭލަށް މުދަލާއި އެހެނިހެން ތަކެތި ފޮނުވާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ބޯޓްތަކަށް މީގެ ކުރިން ހަމަލާ ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު