ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް ތެޔޮ ހޯދުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ގޮތަށް ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ސަބަބުން ތެލުގެ މާކެޓަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ތެޔޮ ސަޕްލައި ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ދިވެހި ސަރުކާރުން މިހާރު ވަނީ އިންޑިއާގައި އެދިފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކުން ވެސް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުން ހުށަހަޅާފައިވާ ރިކުއެސްޓްތައް މިހާރު ދިރާސާކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. މި ލިސްޓުގައި ރާއްޖެ އޮތީ 7 ވަނައިގައެވެ. އެހެން ނަމަވެސް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރާއްޖޭގެ ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު