ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދެއްކެވި ވާހަކަތަކަކީ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް އައު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސްކަންވެސް ކުރެއްވި އިބްރާހީމް އިސްމާޢީލް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ނުބޭއްވުމަކީ ޤާނޫނުއަސާސީ އިޞްލާޙުކުރި އިރު ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ވިސްނުމެއް ނޫން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރު ކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމާ މެދު ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، ރައްޔިތުންނަށް އޮޅޭނޭ ގޮތަށް އަދި ތަފްޞީލު ހާމަނުކުރައްވައި، ޚާއްޞަ މަޖިލީހަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމެއް ނާޒިމް ޢާންމު ކުރެއްވުމުން، އެކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުން ލާޒިމްވެފައިވާ ކަމަށެވެ.
"ދެ އިންތިޚާބު އެއްކުރުމާ މެދު މިހުރީ ވަކިއެއްޗެއް ނުބުނެއެވެ. ނަމަވެސް، ރައްޔިތުންނަށް އޮޅޭނޭ ގޮތަށް، ތަފްޞީލު ވިދާޅުވެ ނުދެއްވައި، ޚާއްޞަ މަޖިލިހަށް އަހުރެން ހުށަހެޅި ހުށަހެޅުމެއް މަޖިލިހުގެ ނައިބް ރައީސް މުޙައްމަދު ނާޒިމް ޢާންމު ކުރެއްވީމައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދިނުން ލާޒިމް ވެއްޖެއެވެ،" އިބްރާގެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، އިބްރާ ވިދާޅުވީ ލަސްތަކެއް ނުކޮށް އެކަމުގެ ޙަޤީޤަތް ހާމަކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ މި ބަދަލަކީ ޚާއްޞަ މަޖިލީހުގެ ރޫޙާ އެއްގޮތް ބަދަލެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.
ޕީއެންސީގެ ކެމްެޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބް ރައީސް ނާޒިމް ވިދާޅުވެފައިވަނީ ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު، އިންތިހާބުތައް ތަރުތީބު ކުރުން ނުވަތަ އިންތިހާބުތައް ބާއްވާނެ ތާރީހުތައް ކަނޑައެޅުމުގެ ބަހުސް ވެސް އޮތީ މަޖިލިހުގައި ކޮށްފައި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅުމެއް ކުރިން ހުށަހަޅައި ވޯޓަށް ވެސް އެހިކަމަށް ނާޒިމް ވިދާޅުވިއެވެ. އިބުރާ އެ އިޝާރަތް ކުރަށްވަނީ އެ ހުށައެޅުމަށް ކަމަށް ބެލެވެއެވެެ.
"އެހެންވީމާ މިއީ ކުރެވިފައި ނެތް ބަހުސެއް ނޫން. މިއީ ކުރެވި، ނިމިފައި އޮތް ބަހުސެއް، އޭރު ރައްޔިތުން ނިންމެވީ އެގޮތަށް،" މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.
އެހެންނަމަވެސް، އެ ދުވަސްވަރު މަޖިލީހުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން އެ ވާހަކަތައް ދޮގުކުރައްވައެެވެ. މީގެ ތެރޭގައި އިބްރާހީމް އިސްމާޢީލް (އިބްރާ) އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސާ އަނީސާ އަޙްމަދު ހިމެނިވަޑައިގަންނަވައެވެ. އިބުރާގެ ވާހަކަތަކަށް ތާއިދު ކުރަށްވައި އަނީސާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވާހަކަދެއްކެވީ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅޭފަދަ ގޮތަކަށެވެ. އެހެންކަމުން، އޭރުގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އެކަން ހިނގައިދިޔަ ގޮތުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެކަމަނާވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު