ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ބޮޑު ބައެއް ހިއްސާކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތިން އުޅަނދަކަށް ބުދަ ދުވަހު ނޭނގޭ އެއްޗެހިތަކަކުން ހަމަލާދީފި ކަމަށް ކަނޑުމަތީގެ ސަލާމަތީ ކަންކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.
މި ހަމަލާތަކުގެ ތެރެއިން އެއް އުޅަނދުގައި އަލިފާން ރޯވުމުގެ ސަބަބުން، އެ އުޅަނދުގެ ފަޅުވެރިން ވަނީ އުޅަނދު ދޫކޮށް ގޮސްފައެވެ.
މި ހަމަލާތަކުގައި ގެއްލުން ލިބުނު އެއް އުޅަނދަކީ ތައިލެންޑްގެ ދިދަ ޖަހާފައިވާ ބަލްކް ކެރިއަރެއް ކަމަށްވާ "މަޔޫރީ ނާރީ" އެވެ. އޮމާންގެ އުތުރުން ގާތްގަނޑަކަށް 11 ނޯޓިކަލް މޭލު ބޭރުން މި އުޅަނދަށް ހަމަލާދީފައިވާ ކަމަށް ސަލާމަތީ މަސްދަރުތަކުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރައުސުލް ޚައިމާގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، ޖަޕާނުގެ ދިދަ ޖަހާފައިވާ ކޮންޓެއިނަރު އުޅަނދެއް ކަމަށްވާ "ވަން މެޖެސްޓީ" އަށް ވެސް ވަނީ ހަމަލާއެއް އަމާޒުވެފައެވެ. މި ހަމަލާގައި އެ އުޅަނދަށް ކުދިކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް، ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި އުޅަނދު މިހާރު ރައްކާތެރި ބަނދަރަކަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތިންވަނަ ހަމަލާ އަމާޒުވެފައިވަނީ މާޝަލް އައިލެންޑްސްގެ ދިދަ ޖަހާފައިވާ "ސްޓާ ގްވައިނެތް" ނަމަކަށް ކިޔާ ބަލްކް ކެރިއަރަކަށެވެ. ދުބާއީގެ ހުޅަނގު އުތުރުން 50 މޭލު ބޭރުން ދިން މި ހަމަލާގައި އުޅަނދުގެ ބޭރުގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑުމަތީގެ ނުރައްކާތައް މެނޭޖްކުރާ ކުންފުންޏެއް ކަމަށްވާ ވެންގާޑުން ބުނެފައިވެއެވެ. މި އުޅަނދުގެ ފަޅުވެރިން ވެސް ތިބީ ސަލާމަތުންނެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އީރާނު ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ސަޕްލައި ކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ޓްރެފިކް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބުދަ ދުވަހުގެ މި ހަމަލާތަކާއެކު، ހަމަނުޖެހުން ފެށުނު ފަހުން ހަމަލާދެވުނު އުޅަނދުތަކުގެ އަދަދު މިހާރު ވަނީ މަދުވެގެން 14 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު