އިންސާނުންގެ ދިރިއުޅުމަށް ނަޒަރުހިންގާލާއިރު، އެނގި ހާމަވެގެންދަނީ ދިރިއުޅުމަކީ އަޅުގަނޑުމެންގެ ވިސްނުމާއި، ގަބޫލުކުރުންތަކާއި، އުޅުމާއި އަދި ކުރާ އަމަލުތަކުގެ މަސްހުނިވުމެކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ކުދިކުދި ކަންތައްތަކަކީވެސް ދިރިއުޅުމަށް ދެމިގެންދާ ފަދަ ބޮޑެތި ބަދަލުތަކެއް ގެނުވާފާނެ ކަންކަމެވެ.
ކޮންމެ ކަމަކީވެސް (ވިސްނުމާއި، އުޅުމާއި، އަމަލުތައް) އޭގެ ސަބަބުން ނަތީޖާއެއް ނުކުންނާނެ ކަމެކެވެ. މި ނަތީޖާގެ އަސަރު ތިމާއަށް ކުރާ މިންވަރު ބިނާވެފައި އޮންނަނީ ކަންކަމާ މެދު ތިމާ ދެކޭ ގޮތުގެ މައްޗަށެވެ.
ދިރިއުޅުމުގައި މިއަދުވެސް ހިތްހަމަޖެހުން ހޯދުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ދިރާސާތަކުން ދައްކާގޮތުގައި، އުންމީދީ ވިސްނުމެއް ގެންގުޅޭ މީހުންގެ ދިރިއުޅުން މާ ބޮޑަށް ބާއްޖަވެރިވެފައި ހިތްހަމަޖެހެއެވެ. އެފަދަ މީހުން ނުބައި ޚިޔާލުތަކަށް އެމީހުންގެ ދިރިއުޅުން ވިހަ ކުރާކަށް ފުރުސަތެއް ނުދެއެވެ. ކޮންމެ ކަމަކާ ކުރިމަތިލާއިރުވެސް ކެތްތެރިކަމާއި، ހެޔޮ އަމަލާއި، ކަންކަން ގަބޫލުކުރުމާއި އަދި ކަންކަން ރަނގަޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއެކު އެމީހުން ކުރިމަތިލައެވެ.
މި ދެންނެވި ފަދަ ދިރިއުޅުމަކީ ވަކި ބަޔަކަށް އޮތް ހާއްސަ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ހާސިލުކުރެވިދާނެ ކަމެކެވެ. އެގޮތުން ދިރިއުޅުމުގެ ހިތްހަމަޖެހުން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކުރެވިދާނެ ހަ ކަމެއް ތިރީގައި އެވަނީއެވެ.
1. އަޅުކަންކުރުމާއި ޒިކުރުކުރުން
ކޮންމެ ދުވަހަކުވެސް އަޅުކަންކުރުމަށާއި، ޒިކުރުކުރުމަށް ނުވަތަ މެޑިޓޭޝަނަށް ވަގުތުކޮޅެއް ހުސްކުރުމަކީ ނަފްސާނީ ހަމަޖެހުން ލިބި، ދިރިއުޅުން ތަރުތީބުކޮށްދޭ ކަމެކެވެ. އަޅުކަންކުރުމާއި ދީނީ ފޮތްތައް ކިޔުމަކީ ޖިސްމާނީ، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، ފިއްތުންތައް ކުޑަކޮށްދޭ ކަމެކެވެ. ދުވާލަކު 5 ނުވަތަ 10 މިނެޓު މިފަދަ ކަމަކަށް ހޭދަކުރުމުންވެސް މުޅި ދުވަހަށް އޭގެ ހެޔޮ އަސަރު ކުރެއެވެ. މީގެ ސަބަބުން ނުބައި ހީތަކާއި ޚިޔާލުތަކުން ދުރުވެ، އުނދަގޫ ހާލަތްތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދެއެވެ.
2. ކުރަންޖެހޭ ކަންކަމުގެ ލިސްޓެއް ތައްޔާރުކުރުން
ދުވަހުގެ މަސައްކަތްތަކާއި އިސްކަންދޭންޖެހޭ ކަންކަން ތަރުތީބުން ލިޔެލުމަކީ ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ކަންކަން ފަސްކުރުމުގެ އާދަ ކުޑަވެ، ދުވަހުގެ ނިމުމުގައި ގިނަ ކަންތައްތަކެއް ހާސިލުކުރެވުނު ކަމުގެ އިހުސާސް ކުރެވި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.
3. ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކުރުން
ގުދުރަތީ ރީތި މާހައުލުތަކުގައި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެކެވެ. ދުވާލަކު 10 ނުވަތަ 15 މިނެޓު ބޭރުތެރޭގައި ހޭދަކޮށްލުމުން ހާސްކަމާއި ނުތަނަވަސްކަން ކުޑަވެ، އުފާވެރިކަން އިތުރުވެއެވެ. މިގޮތަށް ވަގުތު ހޭދަކުރުމުން މާހައުލާ މެދު ވިސްނާލުމަށް ފުރުސަތު ލިބި، ހަށިގަނޑު ހަރަކާތްތެރިވުމަށްވެސް ބާރަކަށް ވެއެވެ.
4. އައު ކަންކަން ދަސްކުރުން
ދިރިއުޅުމުގައި އަބަދުވެސް އައު ކަންކަން ދަސްކުރުމަށް ޝައުގުވެރިކަން ބެހެއްޓުމަކީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އައު ހުނަރުތައް ދަސްކުރުމުން ތިމާގެ ބުއްދި ތޫނުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެއެވެ. މިހާރުގެ ޒަމާނުގައި އިންޓަނެޓްގެ އެހީގައި ކޮންމެ އެއްޗެއްވެސް ދަސްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މީގެ ސަބަބުން ފޫހިކަން ފިލައި، އެހެން މީހުންނަށް އެހީތެރިވުމުގެ ގާބިލުކަންވެސް އިތުރުވެއެވެ.
5. ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުން
ގަވާއިދުން ކަސްރަތު ކުރުމަކީ ހަމައެކަނި ޖިމަށް ގޮސްގެން ކުރެވޭ ކަމެއް ނޫނެވެ. ހަމައެކަނި ހިނގާލުން ފަދަ ކުދިކުދި ހަރަކާތްތަކުން ފެށިދާނެއެވެ. ހަށިގަނޑު ހަރަކާތްތެރިކުރުމުން ހާސްކަން ކުޑަވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. އަދި ހަށިގަނޑުން އުފާވެރިކަން ގެނުވައިދޭ ހޯރމޯންތައް އުފައްދައިދެއެވެ.
6. އިޖުތިމާއީ ގުޅުން ބަދަހިކުރުން
އިންސާނުންނަކީ އެކަނި އުޅޭނެ ބައެއް ނޫނެވެ. އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިވުމަކީ އުފާވެރިކަމުގެ އެންމެ ބޮޑު އެއް ސިއްރެވެ. އެކަނިވެރިކަމަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެހެން މީހުންނާ އޮންނަ ގުޅުމުގެ ސަބަބުން ދިރިއުޅުމުގެ އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ލިބި، ނަފްސާނީ ބަލިތަކުން ދުރުކޮށްދެއެވެ. ލޯބިވާ މީހަކަށް ގުޅާލައިގެން ވާހަކަދައްކާލާ 10 މިނެޓަކީވެސް ތިމާގެ ނަފްސަށް އުފާވެރިކަން ގެނުވައިދޭނެ ކަމެކެވެ.
މި ކަންކަމާ މެދު ފުންކޮށް ވިސްނާލަމާ ހިނގާށެވެ. ތިބާގެ ރޫހާނީ ދިރިއުޅުމާއި، ކަންކަން ރޭވުންތެރިކަމާއެކު ނިންމުމާއި، ގުދުރަތީ ރީތިކަން ލިބިގަތުމާއި، އައު ކަންކަން ދަސްކުރުމާއި، ކަސްރަތުކުރުން އަދި އާއިލީ ގުޅުންތައް އޮތީ ކޮން ފެންވަރެއްގައި ހެއްޔެވެ؟
ތިބާ ދިރިއުޅެނީ ހަމައެކަނި ދުވަސްތައް ގުނުމަށް ހެއްޔެވެ؟ ނުވަތަ ހަގީގީ އުފާވެރިކަމާ އެކު ހެއްޔެވެ؟ މީގެ ޖަވާބު އޮތީ ހަމަ ތިބާގެ އަތުގައެވެ. ދިރިއުޅުން އުޖާލާކުރުމުގެ ބާރު ލިބިގެންވަނީ ތިބާ އިޚްތިޔާރުކުރާ ގޮތްތަކެއްގެ މައްޗަށެވެ. މިއަދަކީ އެ ބަދަލު ގެންނަންވީ ދުވަހެވެ. މަތީގައިވާ ހަ ކަމުގެ ތެރެއިން މިއަދު ނުވަތަ މާދަމާ ތިބާގެ ދިރިއުޅުމަށް އިތުރުކޮށްލާނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު