އިޒްރޭލުން މިހާރު ރާވަމުންދަނީ އެ ގައުމުން ބޭނުންވާ މަގުސަދުތައް ހާސިލުވަންދެން، ވަކި މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ. މިގޮތުން، އިޒްރޭލުގެ ސަރުކާރުން ދަނީ އަންނަ މާރިޗު މަހުގެ ނިޔަލަށް އެ ގައުމުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމަށްވެސް ވިސްނަމުންނެވެ.
ނަމަވެސް، އެމެރިކާގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކަށް އިޒްރޭލުން ވަރަށް ބޮޑަށް ސަމާލުވެއެވެ. އެހެންކަމުން، މިއީ މުއްދަތެއް ނެތް ގޮތަށް ކުރިއަށްދާނެ ހަނގުރާމައެއް ނޫން ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ނުކުންނަމުންދާ ކަމުގެ ޔަގީންކަން އިޒްރޭލުގެ ސަރުކާރުން ދަނީ އެ ގައުމުގެ ރައްޔިތުންނަށް ދެމުންނެވެ. އިޒްރޭލުން ދެކޭގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އީރާނުގެ މިހާރުގެ ސަރުކާރާއި ވެރިކަމުގެ ނިޒާމު ފުނޑުފުނޑުވެ، މެދުއިރުމައްޗަށް އިތުރު ހަމަޖެހުމެއް އަންނާނެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރު ރާވަމުންދަނީ މަދުވެގެން ކުރިއަށް އޮތް ހަތަރު ނުވަތަ ފަސް ހަފުތާއަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް، ހަނގުރާމަ ކުރިއަށް ގެންދަން ލިބިފައިވާ ވަގުތު ކުޑަވަމުންދާ ކަމުގެ އިޝާރާތެއް އަސްކަރީ މަސްދަރުތަކުން ދަނީ ދެމުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އިޒްރޭލުން ބޭނުންވާ މިންވަރަށްވުރެ މާ އަވަހަށް ހަނގުރާމަ ހުއްޓުވަފާނެ ކަމުގެ ބިރު އޮތުމުން، މިހާރު އީރާނަށް ދޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު