ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގޭނީ އެ ނިޒާމު ގަބޫލުކުރާ އަދި އެ ނިޒާމުގެ މަފްހޫމްތައް ރަނގަޅަށް ދަންނަ ބަޔަކަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން، ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފަށްޓަވަމުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރާ ގުޅިފައިވާ، އެ ޕާޓީން އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ނިޒާމެވެ.
"ލާމަރުކަޒީކޮށް ރާއްޖެ ހިންގޭނީ އެނިޒާމު ޤަބޫލުކުރާ، އެނިޒާމު ދަންނަ ބަޔަކަށް. އެއީ އެމްޑީޕީ،" ޝާހިދު ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ކައުންސިލް އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޝާހިދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ރައްޔިތުން މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނާނެ މުހިންމު އިންތިޚާބަކަށް ވެގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ލީޑަރޝިޕުން އަތޮޅުތެރެއަށް ކުރައްވާ މި ދަތުރުފުޅުތަކުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމު ބަލިކަށިކުރަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. އަދި ރަށްރަށުގެ ތަރައްޤީއަށާއި ކައުންސިލްތަކުގެ ބާރުވެރިކަމަށް އެމްޑީޕީގެ މުހިންމުކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު