ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (ކ) އާއި ކުރީގެ ޕީޖީ ބިޝާމް (ވ)
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު (ކ) އާއި ކުރީގެ ޕީޖީ ބިޝާމް (ވ)
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމާއި ފުލުހުން ހޭވި ހަޑީގެ ސަބަބުން ގެއްލުންވީ ދިވެހި ރައްޔިތުންނަށް ކަމަށް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްއުސްތާޛު މުސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފައިވާތީ، އެކަމާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލް ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމާއި ފުލުހުން ހޭވި ހަޑީގެ ގެއްލުންވީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ނަމަވެސް މިހާރު ބިޝާމް ބަދަލުވެއްޖެ ކަމަށެވެ.

"ފުލުސް ރިފޯމް އަވަސް ވާންޖެހޭ. އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވާންޖެހޭ." ސިރާޖު ވިދާޅުވިއެވެ.



ސުުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލް ކަމަށް ނިންމި ނިންމުމަށްވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވާ ކަމަށް ހުކުމްގައި ވެއެވެ.

ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކޮށް ޔާމީންގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށް ވެފައި، އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމަށް މިދިއަ އަހަރުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

އެމައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުުން ވަނީ ބާތިލުކޮށްފަ އެވެ. ހައިކޯޓުން އެ އަމުރު ބާތިލްކުރީ އެ އަމުރަކީޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ހައިކޯޓުގެ ނިއްމުމަށް ވަނީ ތާއީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޤޕކހ

09-Oct-2020

ޢެމްޑީޕީބއާއި އިންދިއާ ގުޅިހެން މި ގައުމު ރައްޔިތުނަށް ވަނީ ވަރައް ބޮޑެތި އަނިޔާ ގެއްލުން ދީފައިވަނީ .އަދި އިންޑިއާ ރިސްވަތު ދީގެން މި ްަުމައް ޚިޔާނަތްތެރިވި އީސީ މެމްބަރުން ވެސް ޒިންމާ ވާނަޖެހޭަ



ޓްރެންޑިން