އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަޕޫރަމްގައި "ދަ ކެރެލާ ސްޓޯރީ" ފިލްމު އެޅުވުމަށް ކުރި މަސައްކަތާ ދެކޮޅަށް ޑިމޮކްރެޓިކް ޔޫތު ފެޑެރޭޝަން އޮފް އިންޑިއާ (ޑީ.ވައި.އެފް.އައި) އިން ކުރި ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން، އެ ފިލްމު ސްކްރީން ކުރުން ކެންސަލްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ތިރުވަނަންތަޕޫރަމްގެ ސަލްމާން ތިއޭޓަރުގައެވެ. މައުލޫމާތު ލިބޭގޮތުގައި، މި ފިލްމު ދެއްކުމަށް ތައްޔާރުވަމުންދަނިކޮށް، ވެރިކަންކުރާ ސީ.ޕީ.އައި(އެމް) ގެ ޒުވާނުންގެ ގޮފި ކަމަށްވާ ޑީ.ވައި.އެފް.އައި ގެ މެންބަރުން ވަނީ ތިއޭޓަރު ކައިރިއަށް އެއްވެ އަޑުގަދަކޮ

ށް އިހުތިޖާޖުކޮށްފައެވެ.

މި އިހުތިޖާޖުގެ ސަބަބުން މަސްލަހަތު ގޯސްވެދާނެތީ، ތިއޭޓަރުގެ މެނޭޖްމަންޓުން ވަނީ ފިލްމު ދެއްކުން ހުއްޓާލުމަށް ނިންމާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިހުތިޖާޖުގެ ބައިވެރިން ވަނީ ތިއޭޓަރު ތެރެއަށް ވަންނަން މަސައްކަތްކޮށް، ފިލްމާ ދެކޮޅަށް ޝިއާރުތައް އުފުލާފައެވެ.

މި ފިލްމު ސްކްރީން ކުރުން ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ފިލްމުގައި ހިމެނޭ މައުލޫމާތުތަކަކީ ވަކި ދީނަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށް އުފައްދާފައިވާ ދޮގު މައުލޫމާތުތަކެއް ކަމަށް ބުނެ އުފެދުނު ނުތަނަވަސްކަމެވެ. ހާއްސަކޮށް، މުޖުތަމައުގެ އެކުވެރިކަން ގެއްލި، ދީނީ ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަ

ށް މުޒާހަރާގެ ބައިވެރިން ފާހަގަކުރިއެވެ.

"ދަ ކެރެލާ ސްޓޯރީ 2" އަކީ ރިލީޒްކުރި ދުވަހުން ފެށިގެން އިންޑިއާގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ފިލްމެކެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް އުފައްދާފައިވާ، ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ފިލްމެކެވެ

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އަދި ފިލްމު ދެއްކުން ހުއްޓާލުމާ ގުޅިގެން، ފިލްމު ބަލަން ގޮސް ތިބި މީހުންނަށް ވަނީ ޓިކެޓްގެ ފައިސާ އަނބުރާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު