އައްޑޫ ސިޓީ މަރަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް، ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި ހުސައިން މުސައްވިރު މިއަދު ހަމަޖައްސަވައިފިއެވެ.

ޝަރަފުއްދީން ސްކޫލުގައި ހަތް އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު މުސައްވިރު އުފަން ރަށުގެ ސްކޫލަށް ބަދަލުކުރެއްވީ، އެޑިއުކޭޝަން މިނިސްޓްރީން ގެންނެވި އިދާރީ ބަދަލުތަކެއްގެ ތެރެއިންނެވެ. މި ބަދަލާއެކު މިއަދު މަރަދޫ ސްކޫލުން ވަނީ މުސައްވިރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މަރަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަބްދުއްލަތީފް އަލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިތަދޫ ސްކޫލަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. އެއަށްފަހު އެ މަގާމަށް ބޭފުޅަކު ހޯދުމަށް މިދިޔަ ޖެނުއަރީ މަހު މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ. މުސައްވިރުގެ މި ބަދަލު އައިސްފައިވަނީ، ފޭދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި އަހުމަދު މިހާދު މިދިޔަ ހަފުތާގައި ޝަރަފުއްދީން ސްކޫލަށް ބަދަލުކުރެއްވުމަށް ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ މަރަދޫ ސްކޫލަށް ތަޖުރިބާކާރު ޕްރިންސިޕަލަކު އައްޔަންކުރެއްވުމަކީ އެ ސްކޫލްގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. މުސައްވިރަކީ ޝަރަފުއްދީން ސްކޫލްގެ ހިންގުމުގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައިވާ، ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު