މެދުއިރުމަތީގައި ހިނގަމުންދާ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.
މި ހަމަނުޖެހުންތައް އުފެދުނީ އީރާނަށް އެމެރިކާ އާއި އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް މިއަދު ދޭން ފެށުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގަތަރު، ބަހުރެއިން، ޔޫއޭއީ އަދި ކުވައިތަށް މިސައިލުން ހަމަލާ ދީފައެވެ. މި ނުރައްކާތެރި ހާލަތާ ގުޅިގެން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
ޔޫއޭއީގެ ދުބާއީ އާއި އަބޫދާބީގެ އިތުރުން ގަތަރުގެ ދޯހާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ މުހިންމު ދެ "ހަބް" އެވެ. މި ހަމަލާތަކާއެކު މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ގަތަރު އެއާވޭސް، ގަލްފް އެއާ، ފްލައި ދުބާއީ އަދި އިއްތިހާދު އެއާވޭސްގެ ދަތުރުތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 70 އިންސައްތަ ދަތުރުކުރަނީ މެދުއިރުމަތީގެ މި އެއާލައިންތަކުންނެވެ. މި ހަމަލާތަކާ ގުޅިގެން ޔޫރަޕުން މެދުއިރުމައްޗަށް ދަތުރުކުރާ ގިނަ އެއާލައިންތަކުން ވެސް ވަނީ މާޗް މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދަތުރުތައް މެދުކަނޑާލާފައެވެ.
މިއަދު މެންދުރު 2:14 ގައި މާލެއިން ފުރައިގެން ޔޫއޭއީގެ އަބޫދާބީއަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓު ފުރިފަހުން، ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެ ބޯޓު ވަނީ އަނބުރާ ރާއްޖެއަށް ޖައްސާފައެވެ. މީގެ އިތުރުން ރާއްޖެއިން ފުރަން އޮތް ބައެއް އެއާލައިންތަކުގެ ދަތުރުތައް ވެސް ވަނީ މަޑުޖައްސާލާފައެވެ.
އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެއްވާ ގޮތުގައި މެދުއިރުމަތީގެ މި ހަމަނުޖެހުން ދިގުލައިގެން ހިނގައްޖެ ނަމަ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބޭނެއެވެ. މި ހާލަތާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދަނީ މެދުއިރުމަތީގެ ހާލަތު ގާތުން މޮނިޓަރ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު