މިދިޔަ އަހަރުގެ ތެރޭގައި މިޔަންމާގެ އުތުރުގެ ސަރަހައްދުތަކުން އަނބުރާ ގައުމަށް ފޮނުވާލި 41،000 އަށްވުރެ ގިނަ މީހުންގެ މައްޗަށް ޗައިނާގެ ކޯޓުތަކުން ހުކުމްކޮށްފިއެވެ.
މީގެ ތެރެއިން 16 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި އެންމެންނަކީ ވެސް ޓެލެކޮމް އަދި އޮންލައިން ފްރޯޑް ނުވަތަ ފޯނާއި އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވި މީހުންނެވެ. މިޔަންމާގެ ބޯޑަރު ސަރަހައްދުގައި ހިންގަމުންދިޔަ މިފަދަ ގޭންގުތަކާ ދެކޮޅަށް ޗައިނާ އާއި މިޔަންމާ ގުޅިގެން ވަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ޖަރީމާތަކަކީ ގިނަ އަދަދެއްގެ ބައެއްގެ މާލީ ރައްކާތެރިކަމަށް ނުރައްކާވެ، ގައުމުގެ އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާ ކަމެކެވެ.
މަރުގެ އަދަބު ދެވުނު 16 މީހުންނަކީ މި ޖަރީމާތައް ރޭވުމުގައާއި ހިންގުމުގައި އިސްކޮށް އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ދެވޭ ވަރުގަދަ އިންޒާރެއް ކަމަށް ވެސް ޗައިނާގެ ކޯޓުތަކުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު