މަލަޔާޅަމް ސިނަމާގެ ދެ ތަރިން ކަމަށްވާ މޯހަންލާލް އާއި މަންމޫތީ އެކުގައި ފެންނަ އާ ފިލްމު "ޕެޓްރިއެޓް" އަކީ ބެލުންތެރިން ސިއްސުވާލާފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެއް ކަމަށް އެ ދެ ތަރިން ހާމަކޮށްފިއެވެ.

މި ފިލްމުގެ ފޯރި އިތުރުވެގެން ގޮސްފައިވަނީ ދާދި ފަހުން މި ފިލްމުގެ ދެވަނަ ލުކް ޕޯސްޓަރު އާންމުކުރުމާ ގުޅިގެންނެވެ.



ޕެޓްރިއެޓް ގެ ދެވަނަ ޕޯސްޓަރު-


މި ފިލްމުގެ ދެވަނަ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މޯހަންލާލް ބުނެފައިވަނީ، މި ފިލްމުގައި ފެންނާނީ "ޕަވާ ޕެކްޑް" އެކްޝަން ތަކެއް ކަމަށެވެ. އަދި މިއީ ގައުމީ ލޯބީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ ފިލްމެއްކަން އޭނާ ފާހަގަކުރިއެވެ. މަންމޫތީ ވެސް ވަނީ މިފިލްމާ މެދު އޮތް އުންމީދުތައް ހިއްސާކޮށް، މިއީ އޭނާގެ ކެރިއަރުގައި ވެސް ފާހަގަކޮށްލެވޭނެ ފަދަ އެކްޝަން ފިލްމަކަށް ވާނެ ކަމަށް ބުނެފައެވެ.

މި ފިލްމުގެ ދެވަނަ ޕޯސްޓަރުން ފެންނަނީ މޯހަންލާލް އާއި މަންމޫތީ ވަރަށް ސީރިއަސް އަދި ބާރުގަދަ ސިފައެއްގައެވެ. މި ޕޯސްޓަރާއެކު ސަޕޯޓަރުންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، މަލަޔާޅަމް ސިނަމާގެ މި ދެ ގާބިލް ތަރިން އެއް ސްކްރީނަކުން ފެނިގެންދިއުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކަމެކެވެ.

"ޕެޓްރިއެޓް" އަކީ އިންޑިއާގެ އަސްކަރީ ދާއިރާއާއި ގައުމީ ސަލާމަތާ ގުޅުންހުރި މައުޟޫއުތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި، މި ފިލްމުގެ އެކްޝަން މަންޒަރުތައް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައެވެ.

މި ފިލްމުގެ މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު