އިންސާނާގެ ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު އަދި އެންމެ ހައިރާންކުރުވަނިވި "މެޝިނެވެ". ކްލީވްލޭންޑް ކްލިނިކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންސާނާގެ ހިތަކީ އެއްވެސް މެދުކެނޑުމެއް ނެތް މަސައްކަތްކުރާ ބާރުގަދަ އިންޖީނެކެވެ. ކޮންމެ ދުވަހަކު 2،000 ގެލަންގެ ލޭ ހަށިގަނޑުގެ އެކި ހިސާބުތަކަށް މި ކުޑަކުޑަ ގުނަވަނުން ފޮނުވައިދެއެވެ.
ހިތުގެ ވާތްފަރާތު ވެންޓްރިކަލް އަކީ އެންމެ ބައި އިންޗީގެ ބޯމިން ހުންނަ މަސްގަނޑަކަށް ވީނަމަވެސް، މިއީ މުޅި ހަށިގަނޑުގެ 60،000 މޭލުގެ ދިގު މިނަށް ފެތުރިފައިވާ ލޭހޮޅިތަކުގެ ވިއުގައަށް ލޭ ފޮނުވައިދިނުމުގެ ބާރު ހުރި ގުނަވަނެކެވެ. އާންމު އިންސާނެއްގެ މުޅި އުމުރުދުވަހަށް ބަލާއިރު، މި "އިންޖީނު" 2.5 ބިލިއަނަށްވުރެ ގިނަ ފަހަރު ވިންދު ޖަހައެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިތުގެ މަސައްކަތްތައް ނަކަލުކުރަން މަސައްކަތް ކުރި ނަމަވެސް، ހިތުގެ މި ހަކަތައާއި ފުރިހަމަކަމާ އެއްވަރުގެ އެއްޗެއް އުފެއްދުމަކީ މިއަދުވެސް ސައިންސްވެރިންނަށް ބޮޑު ގޮންޖެހުމެކެވެ.
ހަގީގަތުގައިވެސް ހިތަކީ ދުވަހަކުވެސް ވަރުބަލިކަމެއް ނެތި، މެދުކެނޑުމެއްނެތި މަސައްކަތްކުރާ ހައި-ޕާފޯމަންސް މެޝިނެކެވެ.

ކިޔުންތެރިންގެ ހިޔާލު