އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އިސްލާމް ވެއްޖެއެވެ.
މޭރީގެ މަރުގެ މައްސަލާގައި މާވިންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އަދި ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ މުޒައްމިލް ނާސިރު ވަނީ މާވިން އިސްލާމްވެފައިވާކަން އަންގައި އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ސިޓީގައިވާ ގޮތުން އޭނާ ވަނީ އިސްލާމްވުމަށްފަހު ނަން "ޔޫސުފް" ގެ ނަމަށް ބަދަލުކޮށްފައެވެ.
އޭނާ އިސްލާމްވުމުން އަދަބަށް ބަދަލެއް އަތުވެދާނެތޯ ދިފާއީ ވަކީލު ސުވާލު ކުރެއްވުމުން، ދައުލަތުން ބުނީ އެކަމާމެދު ގޮތެއް ނިންމާނީ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުން އަންނަ މަހަށް ފަސްކުރީ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ ދިފާއުން އިތުރު ވަގުތަށް އެދުމުންނެވެ. މި މައްސަލައިގައި ދެން ޝަރީއަތް ކުރިއަށްދާނީ މާވިން އާއި ލަމްހާ އެކުގައެވެ.
މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ 29 އަހަރުގެ މާވިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދަޢުވާ މާވިންގެ މައްޗަށް ކޮށްފައިވަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ މޭރީ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުންނެވެ. މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވަނީ އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު