މަރްޔަމް ނަހްދާ ވަޙީދު   26 ފެބްރުއަރީ 2026 - 10:22
ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަމަށް ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އަންނަ މާރިޗު މަހުގެ ނުވައެއް ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަހަރުގެ ރޯދަ މަސް ފެށީ މިމަހުގެ 18 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު