އީރާނުގެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅުމަކީ އެންމެ ފަހުން މަޖުބޫރުވެގެން ކުރަންޖެހޭނެ ކަމެއް ކަމަށް އެމެރިކާގެ އެލަބާމާގެ ސެނެޓަރ ޓޮމީ ޓަބަރވިލް ވިދާޅުވެއްޖެއެވެ.

ސެނެޓަރ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، އީރާނުން ދެމުންދާ ނުރައްކާތައް ހުއްޓުވުމަށް އެހެން އެއްވެސް އިޚުތިޔާރެއް ނެތް ހާލަތަކަށް ކަންތައްތައް ގޮސްދާނެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން ޓަބަރވިލް ވިދާޅުވީ، އެމެރިކާއިން އަބަދުވެސް ސުލްހަވެރި ހައްލަކަށް މަސައްކަތްކުރި ނަމަވެސް، އީރާނުގެ އަމަލުތައް ހުރިގޮތުން ހަނގުރާމައަކަށް ދިއުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެމެރިކާގެ ގައުމީ ސަލާމަތާއި މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރުމަށް ފަސްޖެހިގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. މި ވާހަކަތަކާއެކު އޭނާ ވަނީ އެމެރިކާގެ އަސްކަރީ ތައްޔާރީތައް އިތުރުކުރުމަށްވެސް ބާރުއަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު