މިދިޔަ އަހަރު ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އުފުލިފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ބުނިގޮތުގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 4.7 ޕަސެންޓުގައެވެ.

މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާއާއި، ކައްކަން ބޭނުންކުރާ ތެލާއި، ކިރާއި، ހަކުރުގެ އިތުރުން ޗޮކްލެޓް ފަދަ ފޮނި ބާވަތްތަކުންނެވެ.



މީގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގު އެކަނިވެސް 7.56 ޕަސެންޓަށް އުފުލިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަން ދަށްވި ދުވަސްވަރު މަހުގެ އަގު އުފުލުމުގެ ސަބަބުން އައި ބަދަލެކެވެ.

ރާއްޖެއަކީ ގިނަ ބާވަތްތައް ބޭރުން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ބޭރު ފައިސާގެ ދަތިކަމާއި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ދިވެހި އާއިލާތަކުގެ ބަޖެޓަށް ބޮޑުވަމުންދާކަން މި ހިސާބުތަކުން ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު