މިހާރުވެސް ތަކެތީގެ އަގު އިންތިހާއަށް އުފުލި ފައިވާއިރު ފާއިތުވި 13 އަހަރުގެ ތެރޭގައި ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ނުވަތަ އިންފްލޭޝަން އެންމެ މަތިވި އަހަރަކީ 2025 ވަނަ އަހަރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެކު ޑޮލަރުގެ އަގު ތިރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 4.04 ޕަސެންޓުގައެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތާރީޚީ ހިސާބުތަކަށް ބަލާއިރު، މިއީ 2012 ވަނަ އަހަރު އިންފްލޭޝަން 10.9 ޕަސެންޓުގައި ހުރުމަށްފަހު، އެ އަދަދު 4 ޕަސެންޓަށް ވުރެ މަތިވި ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު އިންފްލޭޝަން ހުރީ އެވްރެޖްކޮށް 3 ޕަސެންޓަށް ވުރެ ދަށުގައެވެ.
އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، އެންމެ ބޮޑު އުފުލުމެއް އައީ ދުންފަތުގެ ބާވަތްތަކުންނެވެ. އެގޮތުން ދުންފަތާއި ދުފުމަށް ބޭނުންކުރާ ތަކެތީގެ އަގު 80 ޕަސެންޓަށް އުފުލިފައިވަނީ، ސަރުކާރުން ދުންފަތާ ދެކޮޅަށް ފެށި ކެމްޕޭނުގެ ދަށުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖޭގައި ވޭޕް މަނާކުރުމުން ސިނގިރޭޓަށް އޮތް ޑިމާންޑް އިތުރުވުމަކީ ވެސް އަގު އުފުލެން ދިމާވި ސަބަބެއް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކުރެއެވެ.
ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، މިދިޔަ އަހަރު އެވްރެޖްކޮށް 4.7 ޕަސެންޓުގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. މީގެ ތެރޭގައި މޭވާއާއި، މަހާއި، ކައްކަން ބޭނުންކުރާ ތެލުގެ އިތުރުން ފޮނި ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފައެވެ. މި ބަދަލު އައުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބިއުރޯއިން ފާހަގަކޮށްފައިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމެވެ.
ޑޮލަރުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20 ރުފިޔާއިން މަތީގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ޑޮލަރުގެ ރަސްމީ ރޭޓް 15.42 ރުފިޔާއަށް ތިރިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު