އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ފެށުނު ފަހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ ޖެނުއަރީ މަހު 51 ކޭސް ރިޕޯޓުކޮށްފައިވާއިރު، މި ފެބުރުއަރީ މަހުގެ މިހާތަނަށް އެކަނިވެސް 48 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އައްޑޫގެ ރަށްތަކުގެ ތެރެއިން މި ބަލި އެންމެ ގިނައިން ފެންނަނީ ހިތަދޫ އާއި ފޭދޫ އިން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ބަލިން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.
ހާއްސަކޮށް ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވެ ވަރުދެރަވާނަމަ، އަދި ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުޅި ރާއްޖެއަށް ބަލާއިރުވެސް ޑެންގީގެ ކޭސްތައް އިތުރުވަމުންދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފާހަގަކޮށްފައިވެއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ނިވައިވާފަދަ ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުންކުރުމުގެ އިތުރުން، ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.
އަދި ފެން ހަރުލާ ގޮތަށް ހުންނަ ހުސްފުޅި އާއި ދަޅު ފަދަ ތަކެތި އުކާނުލައި، އެފަދަ ތަންތަން އަބަދުވެސް ސާފުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު