މަޖިލީހުން ފާސްކޮށްގެން މިހާރު ގެންނަން އުޅޭ ޤާނޫނީ ބަދަލުތަކަކީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް، އަމިއްލަ އެދުން އިސްކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު މާޒް ސަލީމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވީ، މި އިސްލާހުތަކުގެ ސަބަބުން ދައުރު ކުރުކުރުމާއި ދިގުކުރުމުގެ ބާރު ވަކި ބައެއްގެ އަތްމައްޗަށް ދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
އަދި މިއީ ރައްޔިތުންނަށް އެނގުމެއްނެތި، ވަރަށް ބޮޑަށް އޮޅުވާލައިގެން ކުރިއަށްގެންދާ "މަކަރާއި ހީލަތުގެ" އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރައްޔިތުން މިހާރު އޮތް ނިޒާމަށް "ނޫނެކޭ" ބުނެފިނަމަ، ދެން އަންނަ އިންތިޚާބެއްގައި ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެން ހިނގައިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މިއީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކާ ނުލައި، ރައީސް މުއިއްޒުގެ ވެރިކަން ދިގުދަންމާލުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މި ބަދަލުތަކަކީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި، ކޮމިޓީ މަރުހަލާގައިވެސް އެކަށީގެންވާ ވަގުތު ނުދީ ގެންނަ ބަދަލުތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަރުކާރުން އެކުލަވާލާފައިވާ 20 އަހަރުގެ ތަރައްޤީގެ ޕްލޭނަށް ފާޑުކިޔަމުން މާޒް ސަލީމް ވިދާޅުވީ، އެ ޕްލޭނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ ނުވަތަ އާންމު ރައްޔިތުންނާ މަޝްވަރާކޮށްގެން ހަދާފައިވާ އެއްޗެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި ވަކި ބައެއްގެ މެދުގައި ނިންމާފައިވާ ނިންމުމެއް ކަމަށާއި، އޭގެ ފަހަތުގައި އޮތީ 20 އަހަރަށް ވެރިކަން ދަމަހައްޓާނެ މަގު ކޮށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ކަމެއް ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށްދިނުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވެ، ސަލީމް ވަނީ މިކަމާ މެދު ސަމާލުވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު