ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށާއި، އޭގެ ފައިދާ އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތަކުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިނަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައި ތިބި މީހުން ހިންގާ ކެމްޕެއިނެއް ކަމަށާއި، އެމީހުންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށެވެ.

"އޭގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން. އެއީ އެމީހުންގެ ކެމްޕެއިންގެ ފުރަތަމަ މަރުހަލާ. ރާއްޖެގެ އެކަހެރިކުރެވުނީމާ އެމީހުން، އަޅުގަނޑު މި ދަންނަވަނީ އައިއެސް ޖަމާއަތާ އަލްގައިދާ ޖަމާއަތުގެ ވާހަކަ. އެ މީހުންގެ ތަސައްވަރެއް އެބަވޭ ރާއްޖެ ހިފުމުގެ. ރާއްޖެ އެކަހެރިކުރުމަށް އެބަ މަސައްކަތް ކުރޭ ބައިނަލްއަގްވާމީ އާއިލާއިން. އެ މަސައްކަތުގައި އަޅުގަނޑުގެ ހިތާމައަކީ އަޅުގަނޑުމެން ގަދަރު ކުރާ އިހްތިރާމް ކުރާ ސިޔާސީ ޕާޓީތައް، ބައެއް ސިޔާސީ ޕާޓީތައް ހިމެނިފައިވާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިއާ އާއި އިންޑިއާ އެކުވެގެން ގާއިމް ކުރާ އިއްތިހާދުގައި ރާއްޖެ ބައިވެރިވާކަމީ ނުވަތަ ރާއްޖެ ގުޅުމަށް ތާއީދު ކުރާ ކަމީ ނިންމާ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތުން އެކަމަށް ހުރިހާ ރައްޔިތުން ވެސް އެއްބަސްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ އަކީ މަޖިލީހުގެ ޤަވާއިދުގެ ދަށުން އެޖެންޑާ ނުކުރެވޭނެ މައްސަލައެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ގެންދަނީ ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން އިންޑިއާއާ އެކު އެއްބަސްވުންތައް ގާއިމް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޝާބީ

11-Oct-2020

ޢެހެންވީމާ. ޓެރަރިސްޓުންގެ އެހީލިބިގެން ވއރިލަމަށްއައި ސަރުކާރަކީ އެމްޑީޕީ. ތެރަރިސްޓުންނަކީ އިންޑިޔާގެ ބީޖޭޕީ . މިއޮތީވާ އަނގަ ފަރުބަދައަކަށްވުރެ ބޮޑު ވެފައެއްނު.



ޓްރެންޑިން