މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ތަރި އަމަދު ދިއާލޯ، މެޗުތަކުގެ ކުރިން ގުރުއާން އަޑުއެހުމަކީ އޭނާގެ ކުޅުމަށް ބޮޑު ހަކަތައެއް ލިބޭ ކަމެއް ކަމަށް ހާމަކޮށްފިއެވެ.
އައިވަރީ ކޯސްޓަށް ނިސްބަތްވާ މި ހުނަރުވެރި ފޯވާޑް ބުނި ގޮތުގައި، މިއުޒިކް އެހުމުގެ ބަދަލުގައި އޭނާ އިސްކަންދެނީ ދީނީ ކަންކަމަށް ލޯބިކޮށް، ކީރިތި ގުރުއާނުގެ އާޔަތްތައް އަޑުއެހުމަށެވެ.
މިއީ އޭނާގެ ނަފްސަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަމަދު އިތުރަށް ބުނި ގޮތުގައި، ގުރުއާން ކިޔަވާ އަޑު އިވުމުން ހިތަށް ފިނިކަން ލިބި، މުޅި މީހާ ރިލެކްސް ކޮށްލުމަށް އެހީތެރިވެދެއެވެ. "އެއީ ވަރަށް އަމާން، ވަރަށް ހަމަޖެހޭ އިހުސާސެއް. އެކަން އަމިއްލައަށް އިހުސާސް ކުރެވޭނެ،" އަމަދު ބުންޏެވެ.
ދަނޑުމަތީގައި ދައްކާ ހަލުވި ކުޅުމުގެ ފަހަތުގައިވަނީ މިފަދަ ރޫހާނީ ކަންކަމުން ލިބޭ ބާރު ކަމަށް އޭނާ ގަބޫލުކުރެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގައި މިހާރު ވިދަމުން އަންނަ މި ކުޅުންތެރިޔާއަކީ އޭނާގެ އިސްލާމީ އަގީދާއަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކުޅުންތެރިއެކެވެ. މެޗުތަކުގެ ކުރިން ގުރުއާން އަޑުއެހުމުގެ އާދައަކީ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމާއި، ދަނޑުމަތީގައި ސަމާލުކަން ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު