އިންސާނާގެ ހަށިގަނޑަކީ ވަރަށް ފުރިހަމައަށް ފަރުމާކުރެވިފައިވާ އިލާހީ ނިޒާމެކެވެ. ހަށިގަނޑަށް ދިމާވާ ކޮންމެ ނުރައްކަލަކަށް ނުވަތަ ބައްޔަކަށް، ހަށިގަނޑުގެ ބޭރުފުށުން ތަފާތު ނިޝާންތަކެއް ފެންނަން ފަށައެވެ. މިގޮތުން ހެނދުނު ހޭލާއިރު ފައި ދުޅަވެފައި ހުރުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބައެއް ފަހަރު ދޫކޮށްލެވުނު ނަމަވެސް، މިއީ ކިޑްނީގެ ބައްޔެއްގެ ކުރީކޮޅުގެ ނިޝާނަކަށް ވުން ވަރަށް ގާތެވެ.
ކިޑްނީގެ އެންމެ މުހިންމު އެއް މަސައްކަތަކީ ހަށިގަނޑުގައިވާ ބޭކާރު ފެނާއި ވިހަ މާއްދާތައް ލޭގެ ތެރެއިން ފުރާނާލައި، ކުޑަކަމުދާ ތަކެތީގެ ޒަރީއާއިން ހަށިގަނޑުން ބޭރުކުރުމެވެ. ކިޑްނީގެ މަސައްކަތަށް ބުރޫއަރައި، ރަނގަޅަށް މަސައްކަތް ނުކުރާނަމަ، ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނާއި ފެން ހަރުލާ ގޮތްވެއެވެ. މިގޮތަށް ފެން ހަރުލުމުގެ ސަބަބުން ހަށިގަނޑުގެ އެކި ބައިތައް ދުޅަވާން ފަށައެވެ. މިއަށް ބޭސްވެރިކަމުގެ ބަހުން ކިޔަނީ "އެޑީމާ" އެވެ.
ހެނދުނު ހޭލާއިރު ފައިގެ ކަނބަޅިދޮށާއި ފައިތިލަ ދުޅަވެފައި ހުރުމަކީ ކިޑްނީ ބަލީގެ އަލާމާތެކެވެ. މި ބަލީގައި ފައި ދުޅަވުމުން ފާހަގަކުރެވޭނެ އެއް ކަމަކީ، ދުޅަވެފައިވާ ތަނަށް އިނގިލިން ފިއްތާލުމުން އެ ތަނެއް އަޑިވެފައި ގިނައިރު ހުރުމެވެ. މިއަށް ކިޔަނީ "ޕިޓިންގ އެޑީމާ" އެވެ. މީގެ އިތުރުން ހެނދުނު ހޭލާއިރު ލޯ ކައިރި ދުޅަވެފައި ހުރުމަކީވެސް ކިޑްނީގެ މައްސަލަތަކުގައި ފެންނަ އާންމު ކަމެކެވެ.
މިގޮތަށް ހޭލާއިރު ފައި ދުޅަވަނީ ހަމައެކަނި ކިޑްނީ ބަލީގެ ސަަބަބުންނެއް ނޫނެވެ. އެހެން ބަލިތަކުގެ ސަބަބުންވެސް ފައި ދުޅަވެދާނެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި، ފުރަމޭގެ ބަލިތަކުގެ ސަބަަބުންވެސް މި މައްސަލަ ދިމާވެއެވެ. އަދި ހަމަ އެހެންމެ، މާ ގިނައިން ލޮނު ބޭނުން ކުރުމާއި، މާގިނައިރު ކޮޅަށް ހުރުމުގެ ސަަބަބުންވެސް ހެނދުނު ހޭލާއިރު ފައިދުޅަވެފައި ހުރެދާނެއެވެ.
އެހެންނަމަވެސް، ހެނދުނު ހޭލާއިރު ފައި ދުޅަވުމަކީ ކިޑްނީ ބަލީގެ ކުރީގެ މަރުހަލާއެއްގެ ނިޝާނަކަށް ވެދާނެތީ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ޚާއްޞަކޮށް ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތި މީހުން މިފަދަ ނިޝާންތަކަށް އިތުރަށް ސަމާލުވާންވާނެއެވެ.
ކިޑްނީ ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމާއި، ދުވާލަކު ބޯންޖެހޭ މިންވަރަށް ފެން ބުއިމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ހަށިގަނޑުގައި ހަކުރު ހުންނަ ވަރު އަދި ލޭގެ ޕްރެޝަރު ކޮންޓްރޯލު ކުރުން ހިމެނެއެވެ.
ފައި ދުޅަވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްނުލާށެވެ. މިފަދަ އަލާމާތެއް ތަކުރާރުކޮށް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދައި، ކިޑްނީގެ ޓެސްޓުތައް ހެދުމަކީ ބަލި ބޮޑުވުމުގެ ކުރިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ކިޑްނީ ބައްޔަކީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށް ރަނގަޅު ކުރެވިދާނެ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު