އާތުރައިޓިސް ނުވަތަ ހުޅުތައް ދުޅަވުމުގެ ބައްޔަކީ އާންމުކޮށް ކަކުލާއި، އަތްތިލަ އަދި މައިބަދައިގެ ހުޅުތަކަށް ޖެހޭ ބައްޔެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، މިއީ ހަމައެކަނި އެ ހިސާބުތަކަށް ޖެހޭ ބައްޔެއް ނޫނެވެ. އާތުރައިޓިސްގެ ސަބަބުން މޫނުގެ ކަށިގަނޑާއި ދަތްދޮޅި ގުޅުވައިދޭ ހުޅު ކަމަށްވާ 'ޓެމްޕޯރޯމަންޑިބިއުލާ ޖޮއިންޓް' (ޓީއެމްޖޭ) އަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިއީ އަނގަ ހުޅުވުމާއި، ލެއްޕުމާއި، އެއްޗެހި ހެފުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހުޅެވެ.
ޓީ.އެމް.ޖޭ އާތުރައިޓިސްއަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ އާތުރައިޓިސް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ އާންމު އެއް ބާވަތަކީ 'އޮސްޓިއޯއާތުރައިޓިސް' އެވެ. މިއީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ހުޅަށް ލިބޭ އަނިޔާއެއްގެ ސަބަބުން ހުޅުގެ ކާޓިލޭޖް ހަލާކުވެގެން ދިމާވާ ކަމެކެވެ. މީގެ އިތުރުން، 'ރޫމަޓޮއިޑް އާތުރައިޓިސް' އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. މިއީ އޮޓޯއިމިއުން ބައްޔަކަށް ވާތީ، މި ބަލީގެ ސަބަބުން ދަތްދޮޅީގެ ހުޅު ދުޅަވެ، ހަލާކުވުމުގެ ފުރުސަތު ބޮޑެވެ. އަދި 'ސޮރިއެޓިކް އާތުރައިޓިސް' އާއި 'ސެޕްޓިކް އާތުރައިޓިސް' ގެ ސަބަބުންވެސް މި ހުޅަށް އަސަރުކުރެއެވެ.
ދަތްދޮޅީގެ ހުޅަށް އާތުރައިޓިސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، އަނގަ ހުޅުވާއިރު ނުވަތަ އެއްޗެހި ހަފާއިރު ދަތްދޮޅީގެ ހުޅުން އަޑުގޮވުން، ހުޅުގައި ރިއްސުން، އަދި އަނގަ ފުރިހަމައަށް ހުޅުވަން އުނދަގޫވުން ހިމެނެއެވެ. ބައެއް ފަހަރު މި ތަދު ކަންފަތާ ހަމައަށް ވެސް ފެތުރިގެންދެއެވެ. ހެނދުނު ހޭލާއިރު ދަތްދޮޅީގެ ހުޅު ހަރުވެފައި ހުރުމާއި، މޫނުގެ އެއްފަރާތެއްގައި ދުޅައެއް ހުރުމަކީ ވެސް މި ބަލީގެ ނިޝާނެކެވެ. މީގެ އިތުރުން، ބައެއް މީހުންނަށް ކާތަކެތި ހަފަން އުނދަގޫވެ، އަނގަ ލައްޕާއިރު ކުރިން ހުންނަ ގޮތަށް ނުބެދޭ ކަމުގެ އިހުސާސް ވެސް ކުރެވިދާނެއެވެ.
މި ބަލީގެ ފަރުވާ ބިނާވެފައި އޮންނަނީ ބަލީގެ ބާވަތާއި އޭގެ ސީރިއަސްކަމުގެ މައްޗަށެވެ. ފަރުވާގެ ފުރަތަމަ މަރުހަލާގައި އާންމުކޮށް ބޭނުންކުރަނީ ތަދު ކަނޑުވާ ބޭހާއި ދުޅަ ތިރިކުރާ ބޭސްތަކެވެ. އަދި ގޭގައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހޫނު ނުވަތަ ފިނި ފެން ފޮތި އެޅުމާއި، މަޑު ކާތަކެތި ކެއުން ހިމެނެއެވެ. މީގެ އިތުރުން، ދަތްތައް މާ ބޮޑަށް ބާރުކުރުން ހުއްޓުވުމަށް 'މައުތު ގާޑް' ބޭނުންކުރުމަކީ ވެސް ހުޅަށް ލިބޭ ލޮޅުން ކުޑަކޮށްދޭ ކަމެކެވެ. ހާލަތު މާ ބޮޑަށް ގޯސްވެއްޖެ ނަމަ، ފިޒިއޮތެރަޕީ ހެދުމާއި، ހުޅަށް އިންޖެކްޝަން ޖެހުން ނުވަތަ އޮޕަރޭޝަން ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.
ދަތްދޮޅީގެ ހުޅަށް ތަދުވުމަކީ އާންމުކޮށް މީހުން މާބޮޑު ކަމަކަށް ނުހަދާ ދޫކޮށްލާ ކަމެކެވެ. ނަމަވެސް، މިއީ އާތުރައިޓިސްގެ ނިޝާނަކަށް ވެދާނެތީ، ދިގު މުއްދަތަކަށް ދަތްދޮޅީގައި ރިއްސާ ނަމަ ނުވަތަ އަނގަ ހުޅުވަން އުނދަގޫވާ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ކުރިއާލާ ބަލި ދެނެގަނެވިއްޖެ ނަމަ، ހުޅަށް ލިބޭ ގެއްލުން ކުޑަކުރެވި، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް ފަސޭހަވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު