ސީރިއާގެ ރައްގާ ޕްރޮވިންސްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ހަނި ފުން ވަޅަކަށް ވެއްޓުނު ތުއްތު ކުއްޖަކު، ސީރިއާގެ ސިވިލް ޑިފެންސް (ވައިޓް ހެލްމެޓްސް) އިން ހަ ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ކުރި ބުރަ މަސައްކަތަށްފަހު ސަލާމަތްކޮށްފިއެވެ.

އެ އޮޕަރޭޝަންގައި ސަލާމަތްކޮށްފައިވަނީ އުމުރުން 3 އަހަރުގެ އަބްދުލް ރައްޒާގް ސުލައިމާން އަލް ޖުބައިރު އެވެ.

ސީރިއާގެ ސިވިލް ޑިފެންސް (ވައިޓް ހެލްމެޓްސް) އިން މައުލޫމާތު ދޭގޮތުގައި، މި އޮޕަރޭޝަނަކީ ވަރަށް ނާޒުކު އަދި ގޮންޖެހުންތަކުން ފުރިގެންވި މަސައްކަތެކެވެ.

ރޭގަނޑުގެ ވަގުތެއްގައި ކުރިއަށްދިޔަ މި ސަލާމަތްކުރުމުގެ މަސައްކަތުގައި، ވަޅުގެ ހަނިކަމާއި ފުންމިނުގެ ސަބަބުން ކުއްޖާއާ ހަމައަށް ވާސިލްވުމަށް ރެސްކިއު ޓީމުތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ހިތްވަރާއެކު ކުރި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާ ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތުން ވަޅުން ނެރެވިފައެވެ.

ކުއްޖާ ސަލާމަތްވުމުން އެ ސަރަހައްދުގެ ރައްޔިތުންނާއި ކުއްޖާގެ އާއިލާއިން ވަނީ ސިވިލް ޑިފެންސްގެ މި ހިތްވަރުގަދަ އަމަލަށް ޝުކުރުއަދާ އަކޮށް އުފާ ފާޅުކުރަމުންނެވެ. އަދި މިކާމިޔާބު އޮޕަރޭޝަނާއި ގުޅިގެން ގިނަބަޔަކުދަނީ ސިވިލް ޑިފެންސް ގެ ޓީމަށް ތައުރީފު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު