އިންޑިއާގެ ވެރިރަށް ދިއްލީގެ ނަންދީ ނަގްރީ ސަރަހައްދުގައި، ހިންދޫ ހަރުކަށި ގްރޫޕަކުން ފުރާވަރުގެ މުސްލިމު ކުއްޖަކަށް ދެމުންދިޔަ ހަމަލާތަކުން ސަލާމަތްކުރަން މަސައްކަތްކުރި، އެކުއްޖާގެ ބައްޕަގެ ގައްޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފިއެވެ.
ކަޝްމީރު މީޑިއާ ސާވިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ މުޙައްމަދު އުމަރުއްދީން ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލާފައިވަނީ އޭނާގެ 15 އަހަރުގެ ދަރިފުޅު ތަހުޖީމަށް ގުރޫޕެއް ވަށާލައި އަނިޔާކުރަމުން ދަނިކޮށް އެ ސަރަހައްދަށް ގޮސް ދަރިފުޅު ސަލާމަތްކުރަން އުޅުމުންނެވެ.
މި ހާދިސާ ހިނގި ވަގުތު އުމަރުއްދީން އިނީ އޭނާގެ އަންހެނުންނާއި، މަންމަ އަދި ތިން އަންހެން ދަރިންނާއެކު ސައިބޯށެވެ. އެ ވަގުތު އޭނާގެ ދަރިފުޅު ގުޅައި، ބަޔަކު އޭނާ ވަށާލައިގެން އުޅޭ ކަމަށާއި ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. "ބައްޕާ، އަޅުގަނޑު ސަލާމަތްކުރޭ. ސޯނޫއާއި އޭނާގެ ބޭބެ ސަރުދާރު އަޅުގަނޑަށް ވަރަށް ބޮޑަށް އަނިޔާކުރަނީ،" ކަމަށް ބުނެ ދަރިފުޅު އެހީއަށް އެދުނު ކަމަށް އާއިލާއިން ބުނެއެވެ.
އަނިޔާ ލިބުނު ކުއްޖާގެ މަންމަ މީޑިއާއަށް ކިޔައިދިން ގޮތުގައި، އޭނާގެ ދަރިފުޅަށް ހަމަލާދިނީ ހަމައެކަނި މުސްލިމަކަށް ވީތީއެވެ. ހަމަލާދިން މީހުން "މިއީ މުސްލިމެއް، މީނާގައިގާ ތަޅާ" މިހެން ބުނެ ދަރިފުޅަށް ވަރަށް ރަހުމުކުޑަ ގޮތަކަށް ހަމަލާދީ ބޯ ފަޅާލާފައިވާ ކަމަށް އޭނާ ބުންޏެވެ. އުމަރުއްދީން މަރާލާފައިވަނީ އޭނާގެ ދީނީ އައިޑެންޓިޓީއަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބީ.ޖޭ.ޕީގެ ވެރިކަން އޮންނަ ދިއްލީގައި މިފަދަ ހަމަލާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު