އެމެރިކާއިން އީރާނާއި ދެކޮޅަށް އެއްވެސް ކަހަލަ އުދުވާނީ އަމަލެއް ހިންގައިފިނަމަ، އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ އަކީ ހަމަލާ ދިނުމަށް "ޝަރުޢީ އަމާޒެއް" ކަމަށް ބަލައި ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް އީރާނުން އދ އަށް ފޮނުވި ސިޓީއެއްގައި ބުނެފިއެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކުން އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އަމިއްލަ ދިފާޢުގައި ފިޔަވަޅު އެޅުމުގެ ހައްގު އޮތްކަން ހާމަކުރުމުގެ ގޮތުންނެވެ.
ޑިއޭގޯ ގާސިއާ އަކީ އެމެރިކާގެ އަސްކަރިއްޔާއިން މެދުއިރުމައްޗާއި އޭޝިއާގެ ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.
އީރާނުން ފާހަގަކުރި ގޮތުގައި، އެމެރިކާގެ މަތިންދާބޯޓުތަކާއި ހަނގުރާމަވެރި ވަސީލަތްތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފިނަމަ، އެ ހަމަލާއެއް އަންނަ ތަނަކަށް ބެލުމެއް ނެތި ރައްދު ދޭނެއެވެ. މީގެ އިތުރުން، އީރާނުގެ ސިޔާދަތަށް އަރައިގަންނަ ކޮންމެ ފަރާތަކަށްވެސް އޭގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ދީފައެވެ.
މި މައްސަލައިގައި އީރާނުން އދ. އަށް މައުލޫމާތު ދީފައިވަނީ، ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޑިއޭގޯ ގާސިއާ ފަދަ މުހިންމު މަރުކަޒަކަށް އަމާޒުކޮށް އިންޒާރު ދިނުމަކީ ސަރަހައްދީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު