ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރާއިރު، އެ މީހެއްގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަކީ ގާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޚާއްސަކޮށް ފައިބަރުގެ މަސައްކަތްކުރާ މީހަކު ނަމަ، އެ މީހަކު އިންތިޚާބު ކުރުމުގެ ކުރިން މިކަމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ރޭ ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުން ތެދުވެ ވާހަކަދައްކަވާއިރު، އެ ބޭފުޅުންނަށް މިސްކިތެއް ނުވަތަ މިސްކިތަށް އަރާ މީހުންވެސް ވަކިކުރަން ނޭނގޭ ފަދަ މޭރުމަކުން ވާހަކަދައްކަވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކުން، ފައިބަރު ކުނޑި ހަށިގަނޑުގެ އެތެރެއަށް ދިއުމުގެ ސަބަބުން ބައެއް މީހުންގެ ބުއްދިއަށް އަސަރުކޮށް، "ބުއްދި ސަކަރާތްވާ" ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ފައިބަރުގެ މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޫސަ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
އޭނާ އިންޒާރު ދެއްވި ގޮތުގައި، ދައުލަތުގެ މުހިންމު މުއައްސަސާތަކުގައި ބުއްދި ހަމަނޫން މީހުން ތިބެގެން މަސައްކަތްކުރާ ނަމަ، އާންމު ރައްޔިތުންނާ މުހާތަބު ކުރާނީ ވަރަށް ނިކަމެތި ބަސްމަގުން ކަމަށާއި، އެފަދަ ހާލަތެއްގައި ގައުމު ރަނގަޅު މަގަކުން ކުރިއަށް ނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު