މަޝްހޫރު ލިޔުންތެރިޔާ ޢުމަރު އަލް އައްކާދު، ހުޅަނގުގެ ލިބަރަލް ފިކުރުގެ ތެރޭގައި ހުންނަ ފާހަގަކޮށްލެވޭ ފުށުއެރުމަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އޭނާ ފާހަގަކުރި ގޮތުގައި، އިސްތިއުމާރީ ބާރުތަކުން ބިިންތައް ފޭރިގަނެ، އަދި އަސްލު ވަޒަންވެރިން މަރަމުންދާ ދަނޑިވަޅުގައި، އެ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކީ "ޓެރަރިޒަމް" ކަމުގައި ލޭބަލްކޮށް، ތަހުޒީބީ ދުނިޔޭގެ ނަމުގައި އެކަން ހުއްޓުވުމަށް ބާރުއަޅައެވެ. ނަމަވެސް، އެތައް އަހަރުތަކެއް ފަހުން، ބިންތައް މުޅިން މިލްކުވެ، އަދި ވަޒަންވެރިންގެ ބާރު ކެނޑުމުން، ހުޅަނގުގެ ނަޒަރިއްޔާތު ބަދަލުވެ، އެ މީހުން ކުރި ދެކޮޅުވެރިކަމަކީ ބަތަލުކަމެއްގެ ގޮތުގައި ސިފަކުރަން ފަށައެވެ.
އައްކާދު ބަޔާންކުރާ ގޮތުގައި، ހުޅަނގުގެ ގައުމުތަކުގެ ވާހަކަދައްކާ މީހުންނާއި ލިޔުންތެރިން، ފަހުން މި ހާދިސާތައް ކިޔައިދޭއިރު ބޭނުންކުރަނީ ވަރަށް އޮމާން "ނެރެޓިވް" އެކެވެ. މި ވާހަކަތަކުގައި ދައްކަނީ، އިސްތިއުމާރު ކުރެވުނު މީހުންނާއި، އިސްތިއުމާރު ކުރި މީހުންގެ ދަރިފަސްކޮޅަށް ވެސް، އެ ކުރެވުނީ ގޯސް ކަމެއްކަން އަބަދުވެސް އެނގޭ ކަމަށެވެ. މިއީ ހަގީގަތުގައި ވެފައިވާ ކަންކަމުގެ ނުރައްކާތެރިކަން ކުޑަކޮށް، ހަމައެކަނި ފަހުގެ ޖީލުތަކަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ހަދާފައިވާ "ފޭކް" ތަަސްވީރެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު